ލަންދޫ ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް 2022 ފަށައިފިއެވެ.
މިއީ އެސްކޫލްގެ ހުރިހާ އުމުރު ފުރާއެއްގެ ދަރިވަރުންނަށް ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެސްކޫލުން އިންތިޒާމްކޮށްފައިވާ ފެސްޓިވަލެއްކަމުގައި އެސްކޫލުން މައުލޫމާތު ދެއްވައެވެ.
ލަންދޫސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް ފެށުމުގެ ގޮތުން ކުލަގަދަ ހަފްލާއެއް އެސްކޫލްގައިބާއްވާފައިވާއިރު، އެ ޙަފްލާގައި ސްކޫލްގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ލަންދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެ ހަފްލާގައި ވަނީ ދަރިވަރުންނަށް އެކުދިންގެ ޖާރޒީ ހަވާލުކޮށްފައެވެ. އެގޮތުން ފުޓްބޯޅަ ޖާރޒީއާއި، އަންހެންކުދިންގެ ހޭންޑްބޯލް ޖަރޒީ ހިމެނެއެވެ.

ސްކޫލްގެ 3 ހައުސްގެ މެދުގައި ކުރިއަށް ގެންދެވޭ މި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންވަނީ 3 ލެވަލް އަކަށް ބަހާލައިފައެވެ. އެގޮތުން ފުރަތަމަ ލެވެލްގައި ޕްރީސްކޫލްގެ ކުދިން ހިމެނޭއިރު، ލެވަލްގައި 1 ގައި ހިމެނެނީ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނެވެ. ލެވެލް 2 ގައި ގްރޭޑް ހިމެނެނީ ގްރޭޑް 4 އަދި 5 އެވެ. ލެވެލް 3 ގައި ހިމެނެނީ ގްރޭޑް 6 ން މަތީގެ ހުރިހާ ދަރިވަރުންނެވެ.

ލަންދޫސްކޫލުން ކުރިއަށްގެންދާ އެސްކޫލްގެ ސްޕޯޓްސް ފެސްޓިވަލްގެ ފުޓްބޯޅަ މުބާރާތް އިއްޔެ ވަނީ ފަށާފައެވެ. ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުންވެސް ވަރަށް ކުލަގަދަކޮށް އޯޕަނިން ސެރަމަނީ ބާއްވާފައިވާއިރު ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި،ޓީޗަރުންގެ އިތުރުން، މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ލަންދޫ ސްކޫލުން ބުނީ މި ސްޕޯޓްސް ފެސްޓިވަލްގެ ހަރާތްތައް އެއްކޮށް ނިންމާލެވޭވަރުވާނީ އަންނަ ހަފްތާގެ ނިޔަލަށް ކަމަށެވެ. އެސްކޫލުންބުނީ އަންހެންކުދިންގެ ކުޅިވަރުތައް ފެށޭނީ ފިރިހެން ކުދިންގެ ކުޅިވަރުތަކަށް ފަހުކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...