ޚަބަރު އެއް ޖިއްސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކާނަލް ނަޝީދުގެ ޝަރީއަތް މާދަމާ ފަށަނީ

އެއް ޖިއްސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކާނަލް ނަޝީދުގެ ޝަރީއަތް މާދަމާ ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އެއް ޖިއްސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކުރީގެ މަޖިލިސް މެންބަރު އަދި ސިޔާސީ ލީޑަރު ކާނަލް ނަޝީދުގެ ޝަރިއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މާދަމާގެ ޝެޑިއުލް މިހާރު އާއްމުކޮށްފައިވާއިރު ކާނަލް ނަޝީދުގެ މައްސަލަ ބާއްވަން ކަނޑައަޅާފައިވަނީ ހެނދުނު 9:30 ގައެވެ. އެއް ޖިއްސުން ގުޅުން ހިންގުމުގެ އެހެން މައްސަލަތަކެކޭ އެއް ގޮތަށް މި މައްސަލަވެސް ކުރިއަށް ގެންދަން ކަނޑައަޅާފައި އޮތީ ސިއްރު ޝަރީއަތެއްގެ ގޮތުގައެވެ.

ކާނަލް ނަޝީދުގެ މައްޗަށް ދައުލަތުން ކުރަނީ، ބަންގްލަދޭޝް ފިރިހެނަކާ އެކު އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ. މީގެ ބައެއް މައްސަލަތައް މިހާރުވަނީ ހުކުމްވެސް ކޮށްފައެވެ. އަދި ބައެއް މީހުން ފިލައިގެންވެސް އެބައުޅެއެވެ.

މި ފަހުން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.

ޓެގް

އަލަމްގިރި ކާނަލް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.