ޚަބަރު މަކަރާއި ހީލަތުގެ މައްސަލައެއްގައި 4 މީހަކު ހޯދަން ވީޑިއޯ ޢާއްމުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި 4 މީހަކު ހޯދަން ވީޑިއޯ ޢާއްމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން 4 މީހަކު ހޯދަން ވީޑިއޯ ޢާއްމުކޮފި އެވެ.

އެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހުން ކަމަށެވެ.

އެހެންނަމަވެސް ފުލުހުން މިހައިތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޓެގް

ސައިބަރކްރައިމް ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.