ޚަބަރު

ފެނަކަ ސީއެސްއާރުގެ ދަށުން ތަރައްޤީކުރި ލަންދޫސްކޫލްގެ ބެލެނިވެރިންގެ ހިޔާ ހުޅުވައިފި


ފެނަކަ ސީއެސްއާރުގެ ދަށުން ތަރައްޤީކުރި ނ. ލަންދޫ ސުކޫލު ބެލެނިވެރިންގެ ހިޔާ މިއަދު ހުޅުވައިފިއެވެ.

ބެލެނިވެރިންގެ ހިޔާ ހުޅުއްވައި ދެއްވީ ފެނަކަ ބުރާންޗުގެ ސްޓޭޝަން މެނޭޖަރު އަބުދުއްﷲ އާރިފާއި ލަންދޫ ސުކޫލު ޕީޓީއޭ ގެ ނައިބު ރައީސާ ހައްވާ ސުޖާދާއެވެ.

މި ރަސްމިއްޔާތުގައި ލަންދޫގެ އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި ފެނަކަ ލަންދޫ ބުރާންޗުގެ ސްޓާފުންނާއި ޕީޓީއޭ ގެ މެމްބަރުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައެވެ. މިއީ ފެނަކައިގެ ސީއެސްއާރުގެ ތެރެއިން ހުޅުވި ތަނެކެވެ.

މި ރަސްމިއްޔާތުގައި ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު އަބްދުﷲ އާރިފް ވިދާޅުވީ މި ތަނުގެ ސަބަބުން ލަންދޫ ބެލެނިވެރިންނަށް ބޮޑު އުފަލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ހަމަ ފެނަކަ ސީއެސްއާރުގެ ދަށުން ލަންދޫ ސުކޫލުގެ ސްޓާފުންނަށާއި ދަރިވަރުންނަށް ނަމާދުކުރާ ކޮޓަރި އެއް އަޅައިދިނުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

“މިކަންކަމުން އެނގިގެން މިދަނީ މިސަރުކާރުން މި ރަށާއި ދޭތެރޭގައި އަޅާލާ މިންވަރު،” އަބްދުﷲ އާރިފް ވިދާޅުވިއެވެ.

ބެލެނިވެރިންގެ ހިޔާ ލަންދޫ ސުކޫލާއި ރަސްމީކޮށް ހަވާލު ކޮށްދެއްވީ ފެނަކަ ލަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރު މާޖިދު މުހައްމަދެވެ. ލަންދޫ ސުކޫލުގެ ފަރާތުން ބެލެނިވެރިންގެ ހިޔާ އާއި ހަވާލުވެލެއްވީ ލަންދޫ ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޔޫސުފް އަބުދުއްރަޙީމެވެ.

ފެނަކަ ބެލެނިވެރިންގެ ހިޔާ ލަންދޫ ސްކޫލާ ހަވާލުކުރުން – ފޮޓޯ: ލަންދޫ ސްކޫލް

ބެލެނިވެރިންގެ ހިޔާ އާއި ހަވާލުވުމަށްފަހު ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބުދުއްރަޙީމު ވިދާޅުވީ މިފަދަ ފުރިހަމަ ބެލެނިވެރިންގެ ހިޔާއެއް އަޅައި ދިން ކަމަށްޓަކައި ފެނަކަ ލަންދޫ ބްރާންޗުގެ އެންމެހާ ސްޓާފުންނާއި ބެލެނިވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

“ބެލެނިވެރިންގެ ހަފްތާފެށުމުގެ ގޮތުން މިލިބުނު ބެލެނިވެރިންގެ ހިޔަލުގެ އެންމެ ފޮނިމީރުކަން ލިބޭނީ އިންދިފައިވާ ގަސްތައް ބޮޑެތި ވެގެން. އަދި ބެލެނިވެރިންގެ ސައިކަލްތައް ޕާކުކުރެވޭނެ ގަރާޖެއް ޤާއިމުކުރެވިގެން. މިހިޔަލުގެ ބޭނުން އަޅުގަނޑުމެން އެދެވޭ ގޮތުގައި ކުރާނަން.” ޕްރިންސިޕަލް ވިދާޅުވިއެވެ.

“ދަރިވަރުންގެ އެސެމްބުލީ އާއި ބެލެނިވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދާނީ މިތަނުގައި. އަޅުގަނޑުމެންގެ ސުކޫލަށް ބޮޑެތި ކުރިއެރުމާއި ނަތީޖާ ރަނގަޅު ވެގެންމިދަނީ ބެލެނިވެރިންނާއި ރަށުގެ މުވައްސަސާތަކުގެ މެދުގައި މިއޮންނަ ބަދަހި ގުޅުމުގެ ސަބަބުން. ވަކިން ހާއްސަކޮށް ކައުންސިލުގެ ފަރާތުން ލަންދޫ ސުކޫލަށް ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން.”

ޕްރިންސިޕަލް ޔޫސުފުގެ ވާހަކަ ފުޅުގައި އިތުރަށް ފާހަގަކުރެއްވީ ލަންދޫ ސްކޫލް މިއަދު ހޯދަމުން މިދާ ކާމިޔާބީގެ އަސްލަކީ ބެލެނިވެރިން ސްކޫލާ ދޭތެރޭ ދެކެމުން އަންނަ ޕޮޒިޓިވް ގޮތްކަމަށާއި، ސްކޫލުން އެދޭކޮންމެ ކަމެއްގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close