ޚިތާނު ކުރުމުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ޖިންސީ ގުނަވަން އެއްކޮށް ކަހަލަ ގޮތަކަށް ބުރިކޮށްލައިފި
އިސްރާއީލުގެ ތުއްތު ކުއްޖަކު ޚިތާނު ކުރުމުގެ ތެރޭގައި އެކުއްޖާގެ ޖިންސީ ގުނަވަން އެއްކޮށް ކަހަލަ ގޮތަކަށް ބުރިކޮށްލުމުން ވަރަށް އާދަޔާ ޚިލާފު ސަރޖަރީއެއް ހަދަން ޖެހިއްޖެއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ ދަ ޖެރޫސެލަމް ޕޯސްޓް އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއިލްގެ އުތުރުގެ އަވަށެއްގައި ހުރި ހޮސްޕިޓަލަކަށް އެ ތުއްތު ކުއްޖާ ގެންދިޔައީ ޚިތާނު ކުރުން ގޯސްވެގެން ހޯމަ ދުވަހު އެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އެކުއްޖާގެ ޖިންސީ ގުނަވަން މާބޮޑަށް ކަނޑާލައިފައިވަނީ ޔަހޫދީންގެ ރިޗުއަލް ޚިތާނު ކުރުމެއްގެ ތެރޭގައި ކަމަށެވެ. އެކުއްޖާގެ ޖިންސީ ގުނަވަން ގާތްގަނޑަކަށް މުޅިން ކަނޑާލާފައިވާ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ތުއްތު ކުއްޖާގެ ޖިންސީ ގުނަވަން ވަރަށް ބޮޑަށް ކަނޑައިގެން ދިޔަ “ބްރިޓް މިލާ” (ޔަހޫދީ ޚިތާނީ ޙަފުލާ) އަށް ފަހު ވަގުތުން ހައިފާގެ ރަމްބަމް ހެލްތް ކެއާ ކެމްޕަހަށް ގެންގޮސްފައިވެ އެވެ. މި ފަރުވާއަށް ތިން ސާޖަން ޑޮކްޓަރަކު ދިގު އަދި އުނދަގޫ ކޮމްޕްލިކޭޓެޑް އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.
ޑރ.އަކްރަމް އަސަދީ ވިދާޅުވި ގޮތުގައި ސާޖަންއެއްގެ ގޮތުގައި އޭނާ ހޭދަކުރި 20 އަހަރު ދުވަހުގެ ތެރޭގައި ޚިތާނުކުރުމުގެ ސަބަބުން މިހާ ބޮޑު އަނިޔާއެއް ވެފައިވަނިކޮށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.
“އަހަރެމެންނަށް ސީދާ ނޭނގެ އެކަން ހިނގީ ކިހިނެއް ކަމެއް، އެކަމަކު ތުއްތު ކުއްޖާގެ ޖިންސީ ގުނަވަން ގާތްގަނޑަކަށް މުޅިން ކަނޑާލާފައިވާ މައްސަލައެއް. މިއީ ސިއްސުވާލާފަދަ މައްސަލައެއް ، އަނިޔާ ވަރަށް ސީރިއަސް.” ރަމްބަމް ހެލްތް ކެއާ ކެމްޕަސް، ޑރ. އަސަދީ ވިދާޅުވިއެވެ.
ހާދިސާގައި ތުއްތު ކުއްޖާއަށް ލިބުނު އެ އަނިޔާއަކީ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ނޫން ކަމަށާއި ތުއްތު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ވެސް ޑރ. އަސަދީ ވިދާޅުވިއެވެ.
އިސްރާއީލް ގެ އެހެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ ތުއްތު ކުއްޖާގެ ސާރޖަރީ ކާމިޔާބު ވީކަމެއް އަދި މިހާތަނަށް އެނގިފައި ނުވި ނަމަވެސް އެކަމުގެ ސަބަބުން އެކުއްޖާއަށް ދާއިމީ ގެއްލުންތަކެއް ލިބޭނެ ކަމަށް ސިއްހީ ބޭފުޅުން ވިދާޅުވެއެވެ.


