ޚަބަރު

ފީނަން ގޮސް އުޅުނު 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު 25 އަހަރުގެ ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެނބިފައިވާކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އުނގޫރާފު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“ވީނިއުސް”އަށް މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އުނގޫފާރަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މިމްރާހުއެވެ. އޭނައަކީ އާންމުކޮށް ފީނަން ގޮސް އުޅޭ، މޫދު ކުޅިވަރަށް ފަރިތަ ޒުވާނެއް ކަމަށްވެސް މައުލޫމާތުލިބެއެވެ. މިމްރާހް ވަޒީފާ އަދާކުރަމުންދިއައީ އުނގޫރާފު ރީޖަނަލް ހޮސްޕިޓަލުގައެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close