ނަރަވެލި

ވިޓަމިން ސަޕްލިމެންޓްތައް އެއްކުރުމަކީ ކެންސަރުގެ ނުރައްކާ އިތުރުވުމާ ގުޅުން ހުރި ކަމެއް: ދިރާސާ

01/7 މި ދިރާސާއިން ވަނީ ވިޓަމިން ސަޕްލިމެންޓްތައް ކެއުމުން ލިބޭނެ ކަމަށް އެންމެ ކުޑަމިނުން އުންމީދު ކުރެވޭ ނަތީޖާތަކަށް އަލިއަޅުވާލާފައެވެ.

މި ދިރާސާއިން ހޯދިފައިވާ އެއްޗަކީ ޝޮކަކަށް ވެދާނެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޑޮކްޓަރުގެ ލަފާއާއެކު ނުވަތަ ނުލައި ވެސް ނަގަމުން އަންނަ ވިޓަމިން އަދި މިނަރަލް ސަޕްލިމެންޓްތަކަށް ހޭލުންތެރިވުމަށް ކުރެވިދާނެ ކަމެއް ކަމުގައިވެސް ވެދާނެއެވެ. އަޅުގަނޑުމެންނަކީ ސަޕްލިމެންޓްތަކުގެ ދުނިޔެއަށް ހޭވެރިކަމެއް ނުވެ ތިބި ބައެއް ނޫނެވެ. އަހަރެމެން އިންޑަލް ކުރަނީ އޯވަރ ދަ ކައުންޓަރ ސަޕްލިމެންޓްސް އާއި އެކު އޭގެ ނޭދެވޭ އަސަރުތަކާ މެދު އެއްވެސް ވިސްނުމެއް ނެތިއެވެ. އަޅުގަނޑުމެންގެ ޑިޕެންޑެންސީއާއި ސަޕްލިމެންޓްތަކަށް ބަރޯސާވެފައިވާލެއް އެހާ ވަރުގަދަ ކަމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އެ ސަޕްލިމެންޓްތައް ކެއުމުގެ ކުރިން ޑޮކްޓަރުގެ ލަފާވެސް އަހައި ނުލައެވެ.

މި ދިރާސާއިން ވަނީ ވިޓަމިން ސަޕްލިމެންޓްތައް ކެއުމުން ލިބޭނެ ކަމަށް އެންމެ ކުޑަމިނުން އުންމީދު ކުރެވޭ ނަތީޖާތަކަށް އަލިއަޅުވާލާފައެވެ.

02/7 މި ދިރާސާއިން ހޯދިފައިވަނީ ކޮން އެއްޗެއް ހެއްޔެވެ؟

މި ދިރާސާއިން ވަނީ ވިޓަމިން ސަޕްލިމެންޓްތަކާއި ކެންސަރާއި ގުޅުމެއް ހުރިކަން ފާހަގަކޮށްފައެވެ. ބީއެމްޖޭގައި ޝާއިއުކުރި ދިރާސާ ރިވިއުއެއްގައި ވިޓަމިން ސަޕްލިމެންޓް ދިނުމުން ކެންސަރަށް ކުރިމަތިވާ ނުރައްކާތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ރިސާޗް ދިރާސާއަކާ ހަވާލާދީ އެ ރިވިއުގައި ބުނެފައި ވަނީ ބީޓާ ކެރޮޓީން އާއި ވިޓަމިން އޭ އެއްކޮށްލުމުން މަސައްކަތްތެރިންގެ މެދުގައި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މަސައްކަތުގެ ގޮތުން އެސްބެސްޓޯސް އަށް ހުށަހެޅިގެން މަސައްކަތްކުރާ މީހުންނަށް ވެސް މި ސަޕްލިމެންޓްތައް ބޭނުންކޮށްފިނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. “β-ކެރޮޓީން ސަޕްލިމެންޓް ކުރުމުން ރެންޑަމްކޮށް ދެ ޓްރައިއަލްއެއްގައި ރިސްކް ބޮޑު މީހުންގެ މެދުގައި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވިއެވެ. މި ދިރާސާގައި އިތުރަށް ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހާލަތުގައި ކެންސަރު ޖެހުމުގެ ފުރުސަތު %18 އިތުރުވެ އަނެއް ބަޔަކަށް %28 އިތުރުވާ ކަމަށެވެ.

އަދި ސެލެނިއަމް އާއި ވިޓަމިން އީ ކެންސަރ ޕްރިވެންޝަން ޓްރައިއަލް އިން ވިޓަމިން އީ (400 އައިޔޫ/ދުވަސް) ސަޕްލިމެންޓް ދިނުމުން ފިރިހެނުންގެ ތެރޭގައި ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާ %17 އިތުރުވާކަން ފާހަގަކުރެވުނު އެހެން ދިރާސާއެއް ވެސް ނަކަލުކޮށްފައިވެއެވެ.

03/7 މި ދިރާސާއިން އިތުރަށް ހޯދިފައިވަނީ ކޮން އެއްޗެއް ހެއްޔެވެ؟

ހަމައެކަނި ކެންސަރު ނޫން ކަމަށާއި، ސިއްހީ އެހެން ކޮމްޕްލިކޭޝަންތަކާ ދިމާލަށް ރިސްކް އިތުރުކުރުމުގައި ސަޕްލިމެންޓްތަކުގެ އަސަރު ކުރާނެ ގޮތުގެ މައްޗަށް ވެސް ދިރާސާ ރިވިއުގައި މަޝްވަރާކޮށްފައިވެ އެވެ.

ރިވިއު ދިރާސާގައި މަޝްވަރާކޮށްފައިވާ މިފަދަ އެއް ކޮމްޕްލިކޭޝަނަކީ ވިޓަމިން ޑީ އާއި ކެލްސިއަމް ސަޕްލިމެންޓް ދިނުމެވެ.މިއީ ގިނައިން އުމުރުން ދުވަސްވީ މީހުންނަށް ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ލިޔެދޭ އެއްޗެކެވެ. އެގޮތުން، އެއް މެޓާ އެނަލިސިސްއަކުން ވިޓަމިން ޑީ ނުވަތަ ކެލްސިއަމް ސަޕްލިމެންޓް ކުރުމުން އުނަގަނޑު ގަނޑުގައި ރިއްސުމުގެ ނުރައްކާ ކުޑަ ނުވާކަން ފާހަގަކުރެވުނު ނަމަވެސް، އަނެއް މެޓާ އެނަލިސިސްއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމައެކަނި ވިޓަމިން ޑީ އިން އެ ރިއްސުމުގެ ނުރައްކާ ކުޑަ ނުވި ނަމަވެސް، ކެލްސިއަމް އާއި ވިޓަމިން ޑީ އެއްކޮށްލުމުން ކެލްސިއަމް އާއި ވިޓަމިން ޑީ ސަޕްލިމެންޓް ކުރުމުން އެ… އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އުނަގަނޑު ގައި ރިއްސާ ނިސްބަތުން ނުރައްކާ (%16) ވެއެވެ.

އޯވަޑޯޒް ކުރުމުން ލިބިދާނެ ގެއްލުމެއް ލިބިދާނެ ކަމަށް ލަފާކޮށް، ކެއުމާއި ގުދުރަތީ ގޮތުން ކެލްސިއަމް އާއި ވިޓަމިން ޑީ ކެއުން ކަށަވަރު ކުރުމަށް ދިރާސާގައި ބުނެފައިވެ އެވެ.

އަދި ކާޑިއޯ ވެސްކިއުލަރ ރިސްކް ކުޑަކުރުމަށް އެންޓިއޮކްސިޑެންޓް ސަޕްލިމެންޓްތައް ބޭނުންކުރުމަށް ތާއީދުކުރާ އެއްވެސް ހެއްކެއް ހޯދިފައެއް ނުވެއެވެ.

ބައެއް ދިރާސާތަކުން ސަޕްލިމެންޓްތައް ގޯސްކޮށް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، އެކުގައި ކެއުމުން ނުވަތަ ރަނގަޅު މިންވަރަށްވުރެ އިތުރު ނިސްބަތުން ކެއުމުން ހަގީގަތުގައި ހަށިގަނޑަށް ގެއްލުން ލިބޭ ވަރަށް ވުރެ ބޮޑަށް ގެއްލުން ލިބެއެވެ.

މިކަމުން ސަމާލުކަން ދަމައިގަންނަނީ ޑޮކްޓަރެއްގެ ބޭސް ސިޓީގެ މުހިންމުކަމާއި، ސަޕްލިމެންޓް ނަގަންވީ ކިހާވަރަކަށް އަދި ކޮން އިރަކުތޯ ލަފާ ދިނުމަށެވެ.

04/7 ވިޓަމިން ޑީ އާއި ކެލްސިއަމް އެއްކޮށްފައިވާ ސަޕްލިމެންޓްތަކުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެދާނެ އެވެ.

އަނެއް ދިރާސާއަކުން ދައްކާ ގޮތުގައި ވިޓަމިން ޑީ އާއި ކެލްސިއަމް ސަޕްލިމެންޓް އެއްކޮށްލުމުން ހަގީގަތުގައި އެތެރޮސްކްލޮރޯސިސް ކިޔާ ބައްޔެއް ޖެހިދާނެ އެވެ.

އެނަލްސް އޮފް އިންޓަރނަލް މެޑިސިން ޖާނަލްގައި 2019 ވަނަ އަހަރު ޝާއިއުކުރި ދިރާސާއިން ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިވި 277 ރެންޑަމް ކޮންޓްރޯލްޑް ޓްރައިއަލްގެ މައްޗަށް ބިނާކޮށް ސްޓްރޯކާއި ސަޕްލިމެންޓްތަކާ ގުޅުމެއް އޮތްކަން ފާހަގަކުރެވުނެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ވިޓަމިން ޑީ އާއި ކެލްސިއަމް އެކުލެވޭ ސަޕްލިމެންޓްތަކުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު 17 ޕަސެންޓް އިތުރުވެއެވެ.

05/7 އާންމުކޮށް ބޭނުންކުރާ ވިޓަމިން، މިނަރަލް ސަޕްލިމެންޓްސް

އާންމުކޮށް ބޭނުންކުރާ ވިޓަމިން ސަޕްލިމެންޓްތަކަކީ ވިޓަމިން ބީ12، ވިޓަމިން ޑީ، ކެލްސިއަމް، ފޮލިކް އެސިޑް، ވިޓަމިން ސީ، ވިޓަމިން އީ، ޒިންކް، މެލަޓޮނިން، މަސްތެޔޮ ފަދަ ތަކެތި ކަމަށް ވެއެވެ.

މި ސަޕްލިމެންޓްތަކުން އެއްވެސް ނުރައްކާތެރި ނޭދެވޭ އަސަރެއް ނުކުރާ ކަމަށް ގަބޫލު ކުރެވޭތީ، ގިނަ ބަޔަކު ހަމައެކަނި ޑޮކްޓަރުންގެ ލަފަޔާ ވެސް ނުލައި ކެއުމަށް އެ ސަޕްލިމެންޓްތައް އިތުރު ކުރެ އެވެ.

ނަމަވެސް އެ ސަޕްލިމެންޓްތައް މާގިނައިން ބޭނުންކުރުމުން ކުރިމަތިވާ ބައެއް ނޭދެވޭ އަސަރުތައް ވެސް އެބަހުއްޓެވެ.

06/7 ހަމައެކަނި ޑޮކްޓަރު ލިޔެފައިވާ ސަޕްލިމެންޓްތައް ބޭނުންކުރުން މުހިންމީ ކީއްވެގެން ހެއްޔެވެ؟

މާގިނައިން ވިޓަމިން ސަޕްލިމެންޓްތައް ބޭނުންކުރުމުން ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމުގެ ހަގީގަތް ފިޔަވައި، އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ.

ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމުވާ އަނެއް މުހިންމު ސަބަބަކީ ޓެބްލެޓް ބޭނުންކުރުން ހުއްޓާލަންވީ ވަގުތު ދުވަހަކުވެސް ނޭނގޭތީ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޯވަރޑޯޒް ކުރުމުން ސަޕްލިމެންޓްތައް ހަށިގަނޑުން ނައްތާލެވޭއިރު، ގިނަ ހާލަތްތަކުގައި އެ އުފެއްދުންތަކުން ހަށިގަނޑުގެ އާދައިގެ މަސައްކަތްތަކަށް ހުރަސް އަޅާކަން ވަނީ ފެނިފައެވެ.

07/7 ޑައިޓޭރިއަން ސަޕްލިމެންޓްރީ

ޑައިޓޭރިއަން ސަޕްލިމެންޓްތަކަކީ ހަށިގަނޑަށް ދުވާލަކު ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ފުދޭވަރުގެ އެއްޗެކެވެ. މި އުފެއްދުންތައް ގިނައިން ބޭނުންވަނީ މަދު މިންވަރަކަށް ކަމުން، ޑައިޓް އިން އެ ޝަރުތު ފުރިހަމަ ކުރެވޭނެކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ހަށިގަނޑަށް ނިއުޓްރިއެންޓްސް އެސިމިލޭޓް ނުކުރެވިއްޖެނަމަ ލޭގެ ޓެސްޓެއް ހަދައި ނިއުޓްރިޝަނަލް ޑިމާންޑްތައް ފުއްދައިދޭނެ ގޮތުގެ މެޑިކަލް އިންޓަރވެންޝަން ހޯދުމަކީ ބުއްދިވެރި ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close