ޚަބަރު

ވިލިނގިލި ފަރަށް އެރި ޕްލެޓްފޯމް 11 ދުވަސް ފަހުން ނަގައިފި


ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ސާވޭތަކައި އެހެނިހެން ކަންކަމުގައި ބޭނުން ކުރަމުންއައި ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރިތާ 11 ދުވަސްފަހުން އެ ޕްލެޓްފޯމް ނަގައިފިއެވެ.

ތިލަ-މާލެ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ މިމަހު 16 ވަނަ ދުުވަހުއެވެ.

މި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ ބްރިޖް މަސައްކަތަށް ޕްލެޓްފޯމް އެންކަރުކުރަން އުޅެނިކޮށެވެ.

ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ އެ ކުންފުނިން ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނުކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު މިއަދު ވިދާޅުވީ ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމް ނަގާފައިވާކަމަށެވެ.

އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ފަރާތްތަކުން އެކަމުގައި ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޕްލެޓްފޯމް ނެގުމަށް އެކަށީގެންވާ މަސައްކަތް އެފްކޮން ކުންފުނިން ނުކުރާކަމަށްވެސް ޢާއްމުން އެ ފަރާތްތަކުން ތުހުމަތު ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close