ޚަބަރު ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކޮށް، ޤަވާއިދަށް ބޮޑުބަދަލެއް ގެނެސްފި

ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކޮށް، ޤަވާއިދަށް ބޮޑުބަދަލެއް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޓެކްސީ ތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީ ކުރުމާއި ބެހޭ ޤަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ބަދަލު ގެނައި ޤަވާއިދު މިހާރ ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

އައު ޤަވާއިދުގައި ބުނެފައިވާގޮތުގައި ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެވެ. އަދި ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހޭކަމަށްވެސް ޤަވާދިުގައި ބުނެފައިވެއެވެ.

އިއްޔެއިން ފެށިގެން ހަމަސް ދުވަސް ފަހުން އަމަލުކުރަން ޖެހޭގޮތަށް އެކުލަވާލާފައިވާ މި ގަވާއިދުގައި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީވެސް ޝަރުތެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ގަވައިދަށް މިހާރު ވަނީ “ޕްރައިވެޓް ހަޔަ” ގެ ހިދުމަތް ދިނުމާ ބެހޭ ބައި އިތުރުކޮށްފައެވެ.

ތެކްސީގެ ޤަވާއިދަށް ބަދަލު ގެނެސްފައި މިވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވަނިކޮށެވެ. މިނީ ބަހުގެ ޓެސްޓް ދަތުރުތައްވެސް ވަނީ ބާއްވާފައެވެ.

ބަހުގެ ޚިދުމަތް ފަށާތީ ޓެކްސީ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ އެމީހުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށް ބުނެއެވެ.

ޓެގް

ޓެކްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.