މަސްތުވެފައި ހުރި އެމެރިކާ ސިފައިންގެ މީހަކު އިޓަލީގައި ކުޑަކުއްޖަކު މަރާލައިފި
އެމެރިކާގެ އެއާވުމެން ދުއްވަމުންދިޔަ ކާރުން 15 އަހަރުގެ ކުއްޖާގެ ގައިގައި ޖެހުނީ ބަނގުރާ ބޯން ޖެހޭ ގާނޫނީ ލިމިޓަށް ވުރެ ހަތަރު ގުނަ އިތުރަށް ބޮއެގެން މަސްތުވެފައި ހުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖޫލިއާ ބްރާވޯ – ޕޯޝިއާގައި މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވަމުން ދިޔަ އެމެރިކާ އެއަރވުމެން އެއްގެ ކާރުން ޖެހި އިޓަލީގެ 15 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
އެކްސިޑެންޓްގައި މަރުވީ “ޖިއޮވާނީ ޒާނިއާ” ނަމަކަށްކިޔާ އިޓަލީގެ އަންހެން ކުއްޖެކެވެ.
ކާރުދުއްވި އެމެރިކާގެ 20 އަހަރުގެ އެއާވުމެންގެ ޝަރީޢަތް އިޓަލީގައި ކުރިއަށްދާއިރު، އޭނާ އަނބުރާ އެމެރިކާއަށް ފޮނުވަން ނުޖެހޭ ކަމަށް ކުއްޖާގެ މަންމަ ބާބަރާ ސްކެންޑެލާ، އަންގާރަ ދުވަހު ލާ ރިޕަބްލިކާ އަށް ކިޔައިދިނެވެ.
“އެ އަންހެންމީހާގެ މައްޗަށް އިޓަލީގައި ޝަރީއަތް ހިންގައި ހައްޤު އަދަބު ލިބެން ޖެހޭނެ،” ސްކެންޑެލާ “އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން މިތަނުގައި މިފަދަ ބިރުވެރި އެކްސިޑެންޓްތަކެއް ހިނގާފައިވޭ. ހަގީގަތަކީ މި ދާއިރާތަކުގައި، އެބޭފުޅުން ބޭނުން ގޮތަކަށް އުޅުން. އަދަބު ނުލިބި ތިބެވޭކަން.” ކުއްޖާގެ މަންމަ ސްކެންޑެއްލާ ވާހަކަ ދެއްކިއެވެ.
ބްރާވޯގެ މައްޗަށް ވެހިކަލް ހޮމިސައިޑްގެ ދައުވާ އުފުލާފައިވާއިރު އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ. އެ އަންހެން މީހާ ހައްޔަރު ކުރުމުގެ އަމުރު ދަމަހައްޓަން އަޑުއެހުމެއް ބާއްވަން ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ތާވަލުކޮށްފަ އެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ދެ ރައްޓެހިންނާއެކު ވާހަކަ ދައްކަމުން މަގުމަތީގައި އެކުއްޖާ (ޒާނިޔާ) ހިނގަމުން ދަނިކޮށް ކާރުއައިސް އެކުއްޖާގެ ގައިގައި ޖެހިގެންކަމަށް މަންޒަރު ދުށްމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ކާރުންޖެހިފައި ޒާނިޔާ 10 މީޓަރު ދުރަށް ވިއްސައިގެން ދިޔަކަމަށްވެސް ވެއެވެ. އެ ހާދިސާ ގައި އޭނާގެ ރައްޓެހިންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ޒާނިއާ މަރުވީ ހޮސްޕިޓަލަކަށް ގެންދިޔަ ފަހުން ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ. ކާރު ދުއްވަން އިން ބްރާވޯއަށްވެސް “ކުޑަކޮށް” އަނިޔާވި ނަމަވެސް އޭނާއަށް ފަރުވާ އެއް ކޮށްފައެއް ނުވެއެވެ.
މަރުގެ ތަހުގީގު އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ހަވާލުވެފައިވާއިރު، 1951 ވަނަ އަހަރު ޔޫރަޕްގެ މައްޗަށް ނޭޓޯގެ އިހްތިސާސް ހިމެނޭ އަސްކަރީ މުއާހަދާއެއް ބޭނުންކޮށްގެން އެ މައްސަލަ އެމެރިކާގެ އަސްކަރީ ކޯޓަކާ ހަވާލުކުރާނެ ކަމަށް ލާ ރިޕަބްލިކާ އިން ލަފާކުރި އެވެ. ބެލެވޭ ގޮތުގައި އެ ނިންމުމަކީ އިޓަލީގެ މިނިސްޓަރ އޮފް ޖަސްޓިސް އިން ނިންމި ނިންމުމެއް ކަމަށާއި، ހާލަތަށް ބަލާފައި އެކްސްޓްރެޑިޝަން ހުއްޓުވޭނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ޕައިލެޓުން 1998 ވަނަ އަހަރު އެވިއާނޯއާ މާ ދުރު ނޫން ހިސާބެއްގައި ކޭބަލް ކާރެއް ކްލިޕްކޮށް، އެ ކާރުގައި ތިބި 20 ފަސިންޖަރުން މަރާލުމުން، ގަސްތުގައި މީހުން މެރި ކަމުގެ ދައުވާއުފުލި ނަމަވެސް އެދައުވާއިން ބަރީއަވެ، ބައިނަލްއަގްވާމީ ރުޅިވެރިކަން އުފެދުނެވެ. ނަމަވެސް 2002 ވަނަ އަހަރު ހަމަ އެވިއާނޯ އެއާބޭސްގެ އެއާބޭސްގެ އެއާމަނަކު 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރުމުން، ދައުވާ ލިބޭ މީހާ ޕެންޓަގަންއާ ހަވާލު ކުރަން ޕީޖީ ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވީ ޝިކާރައަކަށް ވެފައިވާ މީހާގެ ވަކީލުގެ މަސައްކަތުންނެވެ.




