ޚަބަރު އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯ އިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯއިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ވިއްކާނީ 16.32ރ. އަށެވެ. މިއީ 45ލ. ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފަ އެވެ. މިއީ 58ލ. ގެ ހެޔޮވުމެކެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

މިއަހަރު ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައީ އެންމެ ދެ ފަހަރު އެވެ. އަގު ބަދަލުކުރި އިރު، އެ ކުންފުނިން ބުނީ ތެޔޮ ގަންނަ އަގު ބޮޑިވި ނިސްބަތުން ތެލުގެ އަގު ބޮޑު ނުކުރާ ކަމަށެވެ.

އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލުގެނައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން ވަނީ 1.95ރ. ބޮޑުކުރި އެވެ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުކުރި އެވެ.

މިފާއިތުވެދިޔަ ތިންމަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑުތަން މައްޗަށް ޖެހިފައެވެ. ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގުއުފުލުމަށްފަހު މިއީ އަގުހެޔޮވި ފުރަތަމަ ފަހަރެވެ.

ޓެގް

ތެލުގެއަގު އެސްޓީއޯ ޕެޓްރޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.