ނިޒާމް ބަދަލުކުރަން ރައީސް ސޯލިހް ތާއިދު ނުކުރައްވާކަމަށާއި، ޤަރާރު އަނބުރާ ގެންދިއުމަށް އަންގަވައިފި
ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާހިލް ތާއިދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ސިޔާސީ އެކި ލީޑަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ މި ދަނޑިވަޅުގައި، “ރާއްޖެ ޓީވީ” އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި، އެމްޑީޕީގެ އެންމެ އިސް ލިޑަރު، ރައީސް ސާލިހު ވިދާޅުވިކަމަށް އޮންލައިން ނޫސް ރާއްޖެ އެމްވީ އިން ބުނެފައިވަނީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.
ރައީސް ސާލިހު ވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށެވެ.
އެގޮތުން ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމްގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ، ކޮންކަމެއްތޯ ނުކުރެވިގެން މިއުޅެނީ ކިޔައިދޭންވާނެ ކަމަށެވެ. އަދި ހަމައެއާއެކު މިހާރު މި ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ފައިދާއެއް އޮތިއްޔާ، ފައިދާ ކިޔައިދެއްވަން ވާނެ ކަމަށެވެ. އެއަށްފަހު ނޫނިއްޔާ މިފަދަ ގަރާރެއް ފާސްކޮށްގެން ރައްޔިތުންނާ ހަމައަށް ދާކަށެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ކުރުގޮތަކަށް ދަންނަވާނަމަ ތާއިދުކުރެވެނީ މިހާރުވެސް މި އޮތްގޮތް ކަމަށާއި، އެއީ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރުން ހިންގުން ކަމަށް ރައީސް ވިދާޅުވިއެވެ.


ސާބަސް! ރައީސް ޞާލިޙް!