ޚަބަރު އަލީ ރަމީޒު މަރުވުމުން އެ ޚަބަރު ލިޔާއިރު މިއުޒިކާ ލަވައަށް ނިސްބަތް ނުކުރުމަށް އޭނާ ވަސިއްޔަތްކޮށްފި

އަލީ ރަމީޒު މަރުވުމުން އެ ޚަބަރު ލިޔާއިރު މިއުޒިކާ ލަވައަށް ނިސްބަތް ނުކުރުމަށް އޭނާ ވަސިއްޔަތްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލީ ރަމީޒު މަރުވުމުން އެ ޚަބަރު ނޫސްތަކުން ގެނެސްދޭއިރު ނުވަތަ އެވާހަކަ ލިޔާއިރު މިއުޒިކާ ލަވައަށް ނިސްބަތް ނުކުރުމަށް އޭނާ ވަސިއްޔަތްކޮށްފިއެވެ.

އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މަރުވުމުން އެކަމުގެޚަބަރު އެހެެން މީހުންނަށް އެންގުމުގެ ގޮތުން ކުރީގެ ލަވަކިޔުންތެރިޔާ ނުވަތަ ލަވައާއި މިއުޒިކަށް ނިސްބަތްކޮށް އޭނާގެ މަރުގެ ޚަބަރު އިއުލާން ނުކުރުމަށް އެނެމެހައި ބޭފުޅުންނަށް ވަސިއްޔަތް ކުރާކަމަށެވެ.

އަލީ މިއަދު މިމޭރުމުން ޓްވީޓެއް ކުރެއްވިއިރު ރާއްޖޭގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން އެމީހެއްގެ ލަވަތައް އެންމެ ޓޮޕްލެވެލް ގައި ހުރި މަޝްހޫރު ފަންނާނު މުޙައްމަދު ހުޒާމް ވަނީ ރޭ ނިޔާވި ޚަބަރު ރާއްޖޭގެ ގިނަނޫސްތަކުން ގެނެސްދީފައެވެ. އަދި އެޚަބަރުގެ ސުރުޚީގައި ގިނައިން ޖަހާފައިވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ މިފަދަ އިބާރާތް ތަކަކުންނެވެ.

އަލީ ރަމީޒަކީ އޭނާގެ ޙަޔާތުގެ ޒުވާން ދުވަސްވަރު ލަވަކިޔުމުގައި އުޅުނު މީހެކަމުގައި ވީނަމަވެސް މިއަދު އިސްލާމް ދީނަށް ދައުވަތު ދިނުމުގެ މާތް މަސައްކަތްތަކުގައި އަވަދި ނެތި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.

ޓެގް

ޢަލީރަމީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.