ޚަބަރު “ކަންޓްރީ ގްރޭވީ މިކްސް” ގައި އޫރުމަސް އެކުލެވޭތީ އެ ނަގަން ރެޑްވޭވްއަށް އަންގައިފި

“ކަންޓްރީ ގްރޭވީ މިކްސް” ގައި އޫރުމަސް އެކުލެވޭތީ އެ ނަގަން ރެޑްވޭވްއަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުންނަ ރެޑްވޭވް ފިހާރައިން ވިއްކަމުން ދިޔަ “ކަންޓްރީ ގްރޭވީ މިކްސް” ޕެކްޓްތަކެއް ގައި އޫރުމަސް އެކުލެވޭތީ އެ ނަގަން ރެޑްވޭވްއަށް އަންގައިފި އެވެ.

ކަންޓްރީ ގްރޭވީ މިކްސް ޕެކެޓްގައި އޫރު މަހުގެ ބާވަތެއް އަޅާފައިވާކަން އެ ޕެކެޓްގެ ބޭރުގައި ލިޔެފައިވާއިރު މިކަން ސަމާލުކަމަށް އައިސްފައިވަނީ އާއްމު ފަރާތަކުން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓަކުންނެވެ.
އެފަރާތުން ބުނެފައިވަނީ އެ ޕެކެޓް ގަތީ ރެޑް ވޭވް އިން ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ބާވަތުގެ ޕެކެޓްތައް ފިހާރައިގެ ހަރުން ނެގުމަށް ރެޑްވޭވް އަށް އަންގާފައިވާނެ ކަމަށެވެ.

އަދި މިމައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

ޓެގް

ރެޑްވޭވް ހެލްތްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.