ޚަބަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމްދީނާ ހިލާފު ވާހަކައެއް އޮތްކަން ހާމަވެއްޖެ

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމްދީނާ ހިލާފު ވާހަކައެއް އޮތްކަން ހާމަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމްދީނާ ހިލާފު ވާހަކައެއް އޮތްކަން ހާމަވެ އެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ސަމާލުކަމަށް އައިސްފައި ވަނީ އަލީ ރަމީޒު އެކަން ފާހަގަކޮށް އޭނާގެ ޓްވިޓަރ ހޭންޑްލް އިން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެއީ ދިވެހި ދަރިވަރުން އިނގިރޭސި މާއްދާ ކިޔެވުމުގައި ބޭނުންކުރަމުން އަންނަ “އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް” ފޮތުން ފެނުނު މައްސަލަ އެކެވެ.

އެގޮތުން އެ ފޮތުގައި ޕްލެނެޓެއް ރަމްޒުކޮށްދެނީ ކޮން ކަލާނގެއެއްތޯ ސުވާލުކޮށް އެކްސައިޒެއް އޮވެއެވެ.

އަލީ ރަމީޒު ވަނީ އެޑިއުކޭޝަން މިނިސްޓްރީ ޓެގްކޮށް އެކަން ސަމާލުކަމަށް ގެނެސްފައެވެ.

“މިވެސް އޮޅިގެން ކުރެވުނު ކަމެއްތޯ” އަލީ ރަމީޒްގެ ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން ދަރިވަރުން ކިޔަވާ ފޮތްތަކުގައި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.

އަދި ފަހުން ގުރުއާނުގެ އާޔަތްތައް ފޮތްތަކުން ނަގަން ނިންމި މައްސަލައެއް ފެންމަތިވި އެވެ.

އެ މައްސަލަތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެ މައްސަލަތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފަހުން މާފަށް ވެސް އެދުނެވެ.

ޓެގް

ޢަލީރަމީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.