ބޭރުދުނިޔެ ދިއްލީއިން މަންކީޕޮކްސްގެ 4 ވަނަ ކޭސް ފެނިއްޖެ، އިންޑިއާގެ ޖުމުލަ އަދަދު 9 އަށް އަރައިފި

ދިއްލީއިން މަންކީޕޮކްސްގެ 4 ވަނަ ކޭސް ފެނިއްޖެ، އިންޑިއާގެ ޖުމުލަ އަދަދު 9 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިއްލީގައި މަންކީޕޮކްސްޖެހިފައިވާ 4 ވަނަ ކޭސް ފެނިފައިވާއިރު، އިންޑިއާގެ މަންކީ ޕޮކްސް ކޭސް ޖުމުލަ 9 އަކަށް ވަނީ އަރައިފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އިންޑިއާގެ އަންހެނުންގެ ތެރެއިން މިބަލި ޖެހުނު ފުރަތަމަ މީހާއެވެ.

އިންޑިއާއިން މިހާތަނަށް  މަންކީޕޮކްސްގެ 9 ކޭސް ފެނިފައިވާއިރު، ކެރެލާއިން 5 މީހަކު އަދި ދިއްލީން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އިންޑިއާގައި މަންކީޕޮކްސް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، މަރުކަޒީ ސަރުކާރުގެ ތިން ހޮސްޕިޓަލެއްގައި އެފަދަ ބަލިތަކަށް ފަރުވާ ދިނުމަށް އައިސޮލޭޝަން ރޫމްތައް ހިންގަން ފަށާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

“މަންކީޕޮކްސް ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިސޮލޭޝަން ރޫމްތައް އޮޕަރޭޝަނަލް ކުރަނީ މަރުކަޒީ ސަރުކާރުގެ ބޮޑު ތިން ހޮސްޕިޓަލެއްގައި ކަމަށްވާ އިރު، އެއީ ސަފްދަރްޖަންގް ހޮސްޕިޓަލާއި އާރުއެމްއެލް ހޮސްޕިޓަލާއި ލޭޑީ ހާޑިންގޭ ހޮސްޕިޓަލުގައި ކަމަށް ރަސްމީ މަސްދަރުތަކާއި ހަވާލާދީ އޭއެންއައި އިން ރިޕޯޓްކޮށްފައި ވެއެވެ.

ޓެގް

މަންކީޕޮކްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.