ކުޅިވަރު

ކޮމިއުނިޓީ ޝީލްޑް ތަށި ލިވަޕޫލުން އުފުލާލައިފި

ލިވަޕޫލުން މެންޗެސްޓާ ސިޓީ ބަލިކޮށް، ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީއާއި އެފްއޭ ކަޕް ޗެމްޕިއަން ލިވަޕޫލުން ރޭ ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލިޑޫ ނެގީވެސް ލިވަޕޫލުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑު ޖަހައި ދީ ލީޑު ނަގައި ދިނީ މުހައްމަދު ސަލާހުގެ އެހީތެރި ކަމާއި އެކު އެލެކްސެންޑްރާ އާނޯލްޑް އެވެ. އެ ގޯލަކީ އާނޯލްޑް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ސިޓީގެ ޑިފެންޑަރު ނަތަން އަކޭ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

މެޗުގެ ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑެެއްގައި އޮވެ ލިވަޕޫލުން ނިންމާލި ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ސިޓީން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.

އެ ލަނޑު ޖަހައިދިނީ މިސީޒަނަށް އަލަށް އެ ޓީމަށް ގެނައި އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒްއެވެ. އަލްވަރޭޒްގެ މި ގޯލަކީ ފިލް ފޮޑެން ޖެހި ބޯޅައެއް، ލިވަޕޫލްގެ ގޯލު ބެލެހެއްޓި އެޑްރިއަން އަތުގައި ޖެހިފައި ވެއްޓުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހް ކާމިޔާބުކުރި ލަނޑުންނެވެ. ލިވަޕޫލަށް ލިބުނު މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ރުބެން ޑިއާޒް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލިވަޕޫލުން ޝީލްޑް ޔަގީންކުރީ އެޓީމަށް މި ފަހަރުގެ ސީޒަނަށް އަލަށް ގެނައި ނުނޭޒް ޖެހި ލަނޑާއި އެކުގައެވެ.

ރޭ ސިޓީ ބަލިކޮށް ލިވަޕޫލުން ކާމިޔާބު ކުރި ކޮމިޔުނިޓީ ޝީލްޑަކީ އެޓީމުން ކާމިޔާބުކުރި 16 ވަނަ ޝީލްޑެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close