މުނިފޫހި

ޝަކީރާއަށް 8 އަހަރުގެ ޖަލު ހުކުމެއް ކުރިމަތިވެއްޖެ – މީޑިއާ

ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ކޮލަމްބިއާގެ ޕޮޕް ތަރި ޝަކީރާ ދިގު މުއްދަތަކަށް ޖަލަށް ލައި، ބޮޑު ޖޫރިމަނާއެއް ކުރުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ގޮވާލައިފި އެވެ.

އީއެފްއީގެ ރިޕޯޓެއްގައި ވާގޮތުން ޝަކީރާ އިޒަބެލް މެބާރަކް ރިޕޯލްނަމަކަށް ކިޔާ މި ސުޕަސްޓާރުގެ މައްޗަށް ތުހުމަތު ކުރެވެނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ސްޕެއިން ސަރުކާރަށް 14.5 މިލިއަން ޔޫރޯ (14.72 މިލިއަން ޑޮލަރު) ނުދައްކާ އޮތް ކަމުގެ ތުހުމަތެވެ.

ޕްރޮސެކިއުޓަރުން ބުނަނީ މި މުއްދަތުގެ ތެރޭގައި ސްޕެއިނުގައި ގަވާއިދުން އޭނާގެ ބައިވެރިޔާ ޖެރާޑް ޕިކޭއާއެކު ދިރިއުޅެމުން ދިޔައީ ބާސެލޯނާގައި ކަމަށާއި، ކޮންމެ އަހަރެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަސް އެތަނުގައި ހޭދަކުރި ނަމަވެސް 2015 ވަނަ އަހަރާ ހަމައަށް ބަހާމާސްގައި އޭނާގެ ރަސްމީ ޓެކްސް ރެސިޑެންސީ ދަމަހައްޓާފައިވާ ކަމަށެވެ. އެކަމަކު ޝަކީރާ ތުހުމަތު ކުރާ ގޮތުގައި އޭރު އޭނާ އެ ގައުމުގައި ދިރިއުޅެފައި ނުވާ ކަމަށާއި އެހެންކަމުން އެތަނުގައި ޓެކްސް ދައްކަން ލާޒިމް ނުވާ ކަމަށެވެ.
ދައުވާއުފުލާ ފަރާތުން ބޭނުންވަނީ ޝަކީރާއަށް އަށް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ގެ އިތުރުން 23 މިލިއަން ޔޫރޯ (23.5 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށެވެ. ޝަރީއަތް ފަށާނެ ތާރީހެއް އަދި ކަނޑައެއް ނޭޅެވެ.

ކޮލަމްބިއާ އަށް އުފަން ލަވަކިޔުންތެރިޔާ ގެ މައްޗަށް މި ދައުވާ އުފުލީ ބުދަ ދުވަހުއެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި ޝަކީރާއަކީ “އޭނާގެ ކުށެއް ނެތްކަން މުޅިން ވެސް ޔަގީން” މީހެއް ކަމަށާއި އޭނާ ނިންމީ އޭނާގެ ވާހަކަ ސާބިތުކޮށްދޭން ކޯޓަށް ދިއުމަށެވެ.

ޝަކީރާގެ ޕަބްލިކް ރިލޭޝަންސް ޓީމުން ބުނާ ގޮތުގައި އޭނާ އެއްވެސް އިރެއްގައި ކަމާ ބެހޭ ފަރާތްތަކަށް އޮޅުވާލަން މަސައްކަތް ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ޝަކީރާ ވަނީ ސްޕެނިޝް ޓެކްސް އޭޖެންސީން ޑިމާންޑްކުރި ފައިސާ އާއި ގާތްގަނޑަކަށް ތިން މިލިއަން ޔޫރޯ (3.04 މިލިއަން ޑޮލަރު) ގެ އިންޓްރެސްޓާއެކު މިހާރުވެސް ފައިސާ ދައްކާފަ އެވެ.

“ދަ ކުއީން އޮފް ލެޓިން މިއުޒިކް” ގެ ނަމުން މަޝްހޫރުވެފައިވާ ޝަކީރާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 80 މިލިއަނަށް ވުރެ ގިނަ ރެކޯޑް ވިއްކާފަ އެވެ. އެގޮތުން ތިން ގްރެމީ އެވޯޑާއި 12 ލެޓިން ގްރެމީ އަދި ހަތަރު އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑް އޭނާ ވަނީ ހާސިލްކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close