އާމްދަނީ ދަށްވުމުގެ ޒިންމާ ޓްވިޓާއިން އީލޮން މަސްކްގެ ބޮލުގައި އަޅުވައިފި
ދެވަނަ ކުއާޓަރުގައި ޓްވިޓާ އޮޕަރޭޓްކުރީ ގެއްލުމުގައި ކަމަށްވާއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ޓްވިޓާއަށް ލިބުނު އާމްދަނީ ދަށްވެފައި ވާތީ އެކަމުގެ ޒިންމާ ޓްވިޓާއިން އީލޮން މަސްކްގެ ބޮލުގައި އަޅުވައިފިއެވެ.
މިދިޔަ އޭޕްރީލް-ޖޫން މަހާ އި ހަމައަށް ޓްވިޓާއަށް ލިބުނު އާމްދަނީ 1% ދަށަށް ގޮސް 1.18 ބިލިއަން ޑޮލަރަށް ވެއްޓުނުއިރު، ބޮޓަމް ލައިން ވަނީ 270 މިލިއަން ޑޮލަރުގެ ސާފު ގެއްލުމަކަށް ވެއްޓިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި 30 މިލިއަން ޑޮލަރު ލިބުނުއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 344 މިލިއަން ޑޮލަރު ވަނީ ގެއްލުންވެފަ އެވެ.
ޓްވިޓާއަކީ ހަލުވި ދުވެއްޔެއްގައި އާމްދަނީ އިތުރުވުމުގެ ތާރީހެއް އޮތް ޕްލެޓްފޯމް އަކަށްވާއިރު، 2021 ވަނަ އަހަރު ޓްވިޓާއަށް ވަނީ 37 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ދެވަނަ ކުއާޓަރުގެ ދަށްވުން ބިނާވެގެން ދިޔައީ އީލޮން މަސްކަށް ޓްވިޓަރ ވިއްކުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުންކަމުގައި ޓްވިޓާއިން ވަނީ ތުހުމަތު ކޮށްފައެވެ.
ކުއާޓާލީ ނަތީޖާއިން ފާހަގަކުރަނީ ސްޓޮކް އެނަލިސްޓުންގެ އުއްމީދުތަކާ އަޅާބަލާއިރު ޓްވިޓާގެ އެންމެ ބޮޑު ދަށް ޕާފޯމަންސެވެ. ސީއެންބީސީން ބުނާ ގޮތުގައި އާމްދަނީ ވަނީ ވޯލް ސްޓްރީޓްގެ އެވްރެޖް އަންދާޒާއަށް ވުރެ 11 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއް ފަހަރު ހަރަދުތަކާއި ފައިދާތައް ނުހިމަނައި، އެ ކުންފުނިން ހިއްސާއަކަށް 8 ސެންޓްގެ ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައި ވާއިރު، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 8 ސެންޓްގެ ގެއްލުމެއް ލިބިފަ އެވެ. ނަމަވެސް ހިއްސާގެ ފައިދާގެ ގޮތުގައި 14 ސެންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޓްވިޓާއިން މަސްކްގެ 44 ބިލިއަން ޑޮލަރުގެ ހުށަހެޅުމަށް މިދިޔަ އޭޕްރީލް މަހު އެއްބަސްވި ނަމަވެސް، ސޯޝަލް މީޑިއާ ޕްލެޓްފޯމުން އެ ކުންފުނީގެ ޔޫޒާ ޝަހުސިއްޔަތުތަކުގައި ހިމަނާފައިވާ ފޭކް އެކައުންޓްތަކުގެ އަދަދު މަދުކަމަށް ބުނެ، ޓެސްލާގެ ސީއީއޯ ވަނީ މި މަހުގެ ކުރީކޮޅު އެ ޑީލް ބާތިލުކޮށްފަ އެވެ.
ހުކުރު ދުވަހު ޓްވިޓާއިން ތަކުރާރުކޮށް ބުނީ މަސްކްއަށް ޓްވިޓާ ވިއްކާލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށާއި، ދެކުނު އެފްރިކާއަށް އުފަން ބިލިއަނަރު، މި އިކުއިޒިޝަން ފުރިހަމަ ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.
ވެޑްބުޝް ސެކިއުރިޓީޒްގެ ވޯލް ސްޓްރީޓްއެނަލިސްޓް ޑޭން އައިވްސް ވިދާޅުވީ، މަސްކްއާ ދެކޮޅަށް ކުރި ދައުވާއާ މެދު އިންވެސްޓަރުންގެ އިންތިޒާރުތަކުގެ މައްޗަށް ބިނާކޮށް ޓްވިޓާގެ ސްޓޮކްގެ ވިޔަފާރި ކުރިއަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ސެޓްލްމަންޓަކަށް އުއްމީދު ކުރާ ކަމަށެވެ. ހިއްސާތައް މިހާރު ހުރީ އެއްބަސްވެފައިވާ ޓޭކްއޯވާ އަގަށްވުރެ ގާތްގަނޑަކަށް 26 ޕަސެންޓް ދަށްކޮށް، ކޮންމެ ހިއްސާއެއްގެ އަގު 54.20 ޑޮލަރުގައެވެ.
ދެވަނަ ކުއާޓަރުގައި ޓްވިޓާއިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 237.8 މިލިއަން “މަނިޓެބަލް” ޔޫޒަރުން ތިބި ކަމަށް ބުނާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް ސަބްސްކްރިޕްޝަންތަކާއި އިޝްތިހާރު ނުކުރާ އެހެން ވަސީލަތްތަކުން ލިބުނު އާމްދަނީ ވަނީ 27 ޕަސެންޓް ދަށަށް ގޮސް 101 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
