ބޭރުދުނިޔެ ޕާކިސްތާންގެ ހޮޓަލެއްގައި އެމެރިކާގެ 21 އަހަރުގެ އަންހެނަކު ރޭޕްކޮށްފި

ޕާކިސްތާންގެ ހޮޓަލެއްގައި އެމެރިކާގެ 21 އަހަރުގެ އަންހެނަކު ރޭޕްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލާހޯރު – ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި ދެ ފިރިހެނަކު ވެގެން އެމެރިކާ 21 އަހަރުގެ އަންހެނަކު ގޭންގް ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ޑީ.ޖީ ޚާން ޑިސްޓްރިކްޓްގެ ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ، ހިލް ސްޓޭޝަން ‘ފޯޓް މޮންރޯ’ ގައި ހުންނަ ހޮޓަލެއްގައި، ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

ރިޕޯޓްގައިވާ ގޮތުން އަނިޔާ ލިބުނު އަންހެން މީހާއަކީ ފޭސްބުކް ޕޭޖެއް ހިންގުމުގެ އިތުރުން ޓިކްޓޮކް ވޮލޮގަރ އެކެވެ. މިހާދިސާ ހިނގާފައިވަނީ އޭނާގެ ސޯޝަލް މީޑިއާ ރަހުމަތްތެރިން ކަމަށްވާ މުޒަމިލް ސިޕްރާ އާއި އަޒާން ޚޯސާ އާއެކު ވޮލޮގް ހެދުމަށް އެތަނަށް ގޮސް، ވީޑިއޯ ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޑީޖީ ޚާންގެ ޑެޕިއުޓީ ކޮމިޝަނަރ އަންވަރު ބަރްޔާރް ވިދާޅުވީ، އެމެރިކާގެ އަންހެން ކުއްޖާ ކަރާޗީއިން ފޯޓް މޮންރޯއަށް އައީ އޭނާގެ ސޯޝަލް މީޑިއާ ރަހުމަތްތެރިޔާ މުޒްމަލް ސިޕްރާގެ ދައުވަތަކަށް ކަމަށާއި، އޭނާގެ ގެއަކީ ލާހޯރުން 550 ކިލޯމީޓަރު ދުރުގައި އޮންނަ ޕަންޖާބުގެ ރާޖަންޕޫރު ޑިސްޓްރިކްޓްގައި ހުންނަ ގެއެއް ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ޕާކިސްތާނަށް ޓޫރިސްޓް ވިސާގައި ދިޔަ އަންހެން މީހާ އެގައުމުގައި އުޅޭތާ ހަތް މަސް ވެފައިވާ ކަމަށެވެ.

ޕޮލިސްރިޕޯޓްގައި ބުނީ އާދީއްތަ ދުވަހު ވިކްޓިމް ފޯޓް މޮންރޯއަށް ޒިޔާރަތްކޮށް ސިޕްރާ އާއި އޭނާގެ ރަހުމަތްތެރިޔާ އަޒާން ޚޯސާ އާ އެކު ވޮލޮގެއް ހަދާފައިވާ ކަމަށެވެ.

“އަހަރެމެން ފޯޓް މޮންރޯގެ ހޮޓަލެއްގައި މަޑުކުރީ، ތުހުމަތު ކުރެވޭ ދެ މީހުން ވެސް ގޭންގް ރޭޕްކޮށް، ބްލެކްމެއިލް ކުރަން އެ އަމަލު ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހެދި،” ފުލުހުންގެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވެ އެވެ.

ބޯޑަރ މިލިޓަރީ ފުލުހުން މިހާރުވެސް ސިޕްރާ ހައްޔަރުކޮށް، ޕާކިސްތާނުގެ ޕީނަލް ކޯޑުގެ 376 އަދި 292 ބީގެ ދަށުން ރަޖިސްޓަރީކޮށް އެކަމުގައި ހިމެނޭ ތިންވަނަ މީހަކު ހައްޔަރުކުރުމަށް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

ފުލުހުން ވަނީ އެ އަންހެން ކުއްޖާގެ މެޑިކޯ ލީގަލް ޓެސްޓެއް ވެސް ކޮށްފަ އެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރު ހަމްޒާ ޝެހްބާޒް ވަނީ އެކަން ސަމާލުކަމަށް ގެނެސް، ޕަންޖާބު ފުލުހުންގެ ވެރިޔާއަށް އަމިއްލަ ފުޅަށް މައްސަލަ މޮނިޓާ ކުރުމަށް އަންގަވާފަ އެވެ.

“ތުހުމަތު ކުރެވޭ މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ނަމޫނާ އަދަބު ދޭނެ، އަނިޔާ ލިބުނު މީހާއަށް އިންސާފު ހޯދައިދޭނަން،” ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

މަސްދަރު: އެންޑީޓީވީ

ޓެގް

ގޭންގް ޕާކިސްތާން އެމެރިކާ ރޭޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.