ޚަބަރު

ރައީސް ސޯލިހް އިންޑިއާ އަށްދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭގަ އެވެ.

މި ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގެ އިތުރުން އިސް ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް މުމްބާއީ އަށް ވެސް ރައީސް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް ސޯލިހު އެންމެފަހުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close