ޚަބަރު މިހާރުގެ ދިވެހި ސަރުކާރަށް ލަންކާ ރައްޔިތުން ދުވަހަކުވެސް މައާފް ނުކުރާނެ: އަލީ ރަމީޒް

މިހާރުގެ ދިވެހި ސަރުކާރަށް ލަންކާ ރައްޔިތުން ދުވަހަކުވެސް މައާފް ނުކުރާނެ: އަލީ ރަމީޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިގުތިސޯދީ ފުންވަޅުގަނޑަކަށް ޤައުމުވައްޓާލައި ސްރީލަންކާ ބަނގުރޫޓުކޮށް، ރައްޔިތުން ގެދޮރުން ބޭރުކޮށްލެވުނު ލީޑަރަކަށް ހިމާޔަތް ދިނުމުން، މިހާރުގެ ދިވެހި ސަރުކާރަށް ލަންކާ ރައްޔިތުން ދުވަހަކުވެސް މައާފް ނުކުރާނެ ކަމަށް އަލީ ރަމީޒް ބުނެފިއެވެ.


ދިވެހިން އެމީހެއްގެ ތަޢާރަފް އިތުރަށް ބޭނުން ނުވާ މިންވަރަށް ދިވެހިންގެ މެދުގައި މަޝްހޫރުވެފައިވާ އަލީ ރަމީޒް މިހެން ބުނެފައިވަނީ ލަންކާގެ ރައީސް އެޤައުމުގެ ރައްޔިތުންނަށް ފިލުއްވުމަށް ދިވެހި ސަރުކާރުން ހިމާޔަތް ދިންކަމަށް ތުހުމަތު ކޮށް މިއަދު އޭނާ ކުރި ޓްވީޓެއްގައެވެ.


މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަންކާގެ ރައީސް ގޮޓަބަޔާ މިހާރުވަނީ ސައުދީ އަރަބިޔާގެ އެއާލައިން ގެ ބޯޓެއްގައި ސިންގަޕޫރަށް ފުރާފައެވެ.
އިއްޔެއާއި، ރޭ ގޮޓަބަޔާ މަޑުކުރެއްވީ ރާއްޖޭގައި ކަމުން ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ވަނީ ދިވެހިސަރުކާރުން ލަންކާ ރައީސަށް ހިމާޔަތް ދިނުމާއި ގުޅިގެން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.


ދިވެހި ފުލުހުން ވަނީ އެމުޒާހަރާ ރޫޅާލާ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

ޓެގް

ޢަލީރަމީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.