މުނިފޫހި ރަންބީރު ބުނަނީ ދީޕިކާ ވަރެއް ނެތްކަމަށް!

ރަންބީރު ބުނަނީ ދީޕިކާ ވަރެއް ނެތްކަމަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ބޮލީވުޑްގެ އިތުރުން ހޮލީވުޑް ވެސް ފަތަހަ ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަޑުކޯންގެ އެކްޓިންގެ ހުނަރަކީ އަޖައިބެއް ކަހަލަ ހުނަރެއް ކަމަށާއި މުޅި އިންޑަސްޓްރީގައިވސެް ދިޕިކާ ވަރެއް ނެތްކަމަށް ފިލްމީތަރި ރަންބީރު ކަޕޫރު ހާމަކޮށްފިއެވެ.

ބަތަލް ރަންބީރު އާއި ދީޕިކާ އެއްކޮށް ވަނީ 3 ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ ކެރިއަރުގެ ކުރީކޮޅު ފެނިގެން ގޮސްފައިވާ ބަޗްނާ އޭ ހަސީނޯ، ޔޭ ޖަވާނީ ހޭ ދިވާނީ ގެ އިތުރުން ތަމާޝާ އެވެ.

ދީޕިކާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުން ބަތަލް ރަންބީރު ހާމަ ކޮށްފައިވާ ގޮތުގައި މި ދެ ތަރިން އެއްކޮށް ފެނިގެން ގޮސްފައިވާ އެންމެ ފަހު ފިލްމު ތަމާޝާގައި ދީޕިކާގެ އެކްޓިން ހުނަރަށް އައިސްފައިވާ ބަދަލަކީ އޭނާ އެހާ އަވަހަށް މީހަކު އެކްޓިން އިމްޕްރޫވްވި ތަން ފެނުން ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މިހާރުވެސް ދީޕިކާއަކީ ޕަރސަނަލީ އިނގޭ ރައްޓެއްސެއް ކަމަށާއި އޭނާގެ ހުނަރުން އެންމެންއަށް ސިހުން ގެނެސްފައިވާ ކަމަށްވެސްއޭނާ ވަނީ ބުނެފައެވެ.

މި ދެފަންނާނުންވެސް ބޮލީވުޑްއަށް ނުކުމެފައި ވަނީ އެއް ދުވަހެއްގައެވެ.

ޓެގް

ދިޕިކާ ރަންބީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.