ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އާލަމީ ވަބާއަކަށް ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގަބޫލު ނުކުރާ ކަމަށް އޮފިޝަލަކު ހޯމަ ދުވަހު (މެއި 30) ވިދާޅުވެއްޖެ އެވެ.
ފްލޫ ފަދަ އަލާމާތްތަކާއި ތަފާތުކޮށް ފެންނަ ، ގާތް ގުޅުމަކުން ފެތުރޭ މަންކީޕޮކްސް އަށް ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ 300 އަށް ވުރެ ގިނަ ކޭސް މެއި މަހު ރިޕޯޓްކޮށްފައިވާއިރު، ގިނައިން ރިޕޯޓްކޮށްފައިވަނީ ޔޫރަޕްގަ އެވެ.
ޑަބްލިޔުއެޗްއޯއިން ދަނީ މަންކީޕޮކްސް ފެތުރިގެން ދިއުމަކީ “ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް ހުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް” ކަމަށް ވަޒަންކުރަންވީތޯ ވިސްނަމުންނެވެ. ކޮވިޑް-19 އާއި އެބޯލާއަށް ކުރެވުނު ފަދައިން މިފަދަ އިއުލާން ކުރުމަކީ ބަލި ހިފެހެއްޓުމަށް ކުރެވޭ ދިރާސާތަކާއި ފަންޑުތައް އަވަސް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މަންކީޕޮކްސް ބަލިމަޑުކަމަކަށް ވުމުގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން ޑަބްލިޔުއެޗްއޯގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ ޓެކްނިކަލް ލީޑް ފޯ މަންކީޕޮކްސް ރޮސާމަންޑް ލޫއިސް ވިދާޅުވީ “އަޅުގަނޑުމެންނަކަށް ނޭނގެ އެކަމަކު އެގޮތަށް ނުދެކެން” ކަމަށެވެ.
“މިވަގުތު އަޅުގަނޑުމެން ކަންބޮޑުވަނީ ގްލޯބަލް ޕެންޑެމިކެއްގެ ސަބަބުން ނޫން،” އޭނާ އިތުރަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަށް ހަގީގަތުގައި އަދި އަސްލު އަދި ނޭނގެ މަންކީޕޮކްސްގެ އެސިމްޕްޓޮމެޓިކް ޓްރާންސްމިޝަންއެއް އޮތްކަން – މީގެ ކުރިން ވެސް އިޝާރާތްތައް ކުރެވިފައިވަނީ މިއީ ބޮޑު މައްސަލައެއް ނޫން ކަމަށް – އެކަމަކު މިކަން އަދި ކަނޑައެޅުންއަވަސް،” އޭނާ ވިދާޅުވި އެވެ.”
ކޮމެންޓް (0)
ލޯޑް ކުރަމުން...