ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ބުނީ މަންކީޕޮކްސްގެ އެއްވެސް ކޭސްއެއް މޮނިޓަރކޮށް މުއާމަލާތް ކުރުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށާއި މިހާތަނަށް އެޤައުމުން އެއްވެސް ކޭސްއެއް ރެކޯޑްކޮށްފައި ނުވާކަމަށެވެ.
އަދި އެކަމަށް ބޭނުންވާ ހުރިހާ މެޑިކަލް އަދި ލެބޯޓްރީ ޓެސްޓުތައް ކިންގްޑަމްގައި ލިބެން ހުރިކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން ހެލްތްކެއާ ވޯކަރުންނަށް ގައިޑްލައިން ނެރެފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ސައުދީގެ ރަސްމީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ވަނީ ރިޕޯޓްކޮށްފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ސިއްހީ އިދާރާތަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި މެދުނުކެނޑި މުއާމަލާތް ކުރަމުންދާ ކަމަށް ބުނެފައި ވަނީ ބަލީގެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށެވެ.
އިނގިރޭސިވިލާތް، ސްޕެއިން ޕޯޗުގަލް، ޖަރުމަން، އިޓަލީ އަދި އެމެރިކާ ފަދަ ބައެއް ގައުމުތަކުން މިހާރު ވަނީ މަންކީޕޮކްސް އަށް ގިނަބަޔަކު ޕޮޒިޓިވްވެފަ އެވެ.
އެންމެ ފުރަތަމަ އެފްރިކާއިން ދެނެގަނެވުނު މި ބަލި އާންމުކޮށް ފެތުރެނީ ގާތް ގުޅުމެއްގެ ތެރެއިން ކަމަށާއި އެފްރިކާއިން ބޭރަށް ފެތުރިފައިވަނީ މަދުންނެވެ. މި ސިލްސިލާ އިންފެކްޝަންތަކުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ކޮވިޑު-19 އާއި އެއްފަދަ ޕެންޑެމިކަކަށް ބަދަލުވެގެންދާނެ ކަމަށް ސައިންސްވެރިން ނުދެކެނީ ސާސް-ކޯވް-2 ފަދަ ވައިރަސްއަކަށް މި ވައިރަސް ވާތީ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...