ދީން މައްޔިތާ ސަންދޯކަށް ނުލާ އަށިގަނޑުގައި ވަޅުލުމަކީ ކޮންކަހަލަ ކަމެއްތޯ؟

މައްޔިތާ ސަންދޯކަށް ނުލާ އަށިގަނޑުގައި ވަޅުލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސުވާލު:

މައްޔިތާ ސަންދޯކަށް ނުލާ އަށިގަނޑުގައި ވަޅުލުމަކީ ކޮންކަހަލަ ކަމެއްތޯ؟

މިހެން މި ދެންނެވީ ކްރިސްޓިއަނުން ވެސް ސަންދޯއް ޖަހާ އުޅޭ ތީއެވެ. ސަންދޯކަށް ލުމުން އެމީހުންނާ އެއްގޮތް ކުރުން ކަމަށްވެދާނެތީއެވެ.

ޖަވާބު

ސަންދޯކަށް ލަނީ ބިންގަނޑު ބަލިކަށި ވީމައެވެ. ބައެއް މުސްލިމް ގައުމު ތަކުގައި މައްޔިތާ ވަޅުލަނީ ސަންދޯކަށް ނުލައެވެ.

ޖަވާބު ދެއްވީ ޑރ. މުހައްމަދު ޢިޔާޟް އަބްދުއް ލަތީފް

މައްޔިތާ ވަޅުލާނެގޮތް:

ވަޅުކޮންނައިރު ޝަރުޢުވެގެންވަނީ މީހެއްގެމެދާއި ހަމައަށް  ފުންމިން ހުންނާނެވަރަށް ފުންކޮށް ވަޅުކޮނެ ވަޅުގެ ޤިބްލައާވީ ފަރާތަށް ލަޙްދެއް ހެދުމެވެ. [ލަހްދަކީ: ސަންދޯކަށް ނުލާ ވަޅުލާއިރު މައްޔިތާލުމަށްޓަކައި ވަޅުގެ ޤިބްލައާވީ ފަރާތުގައި އިތުރަށް ފުންކޮށްކޮނެގެން ހަދާ ވަޅެކެވެ.] އަދި މައްޔިތާ ކަނާތްފަރާތަށް ލަޙުދަށް ލުމެވެ. އަދި އޭނާގެ ކަފުނުގެ ގޮށް މޮހާލުމެވެ. ނަމަވެސް އޭނާގެ ކަފުން ފޮތިގަނޑުނުނަގާނެއެވެ. އަދި މައްޔިތާއަކީ ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށްވިޔަސް އޭނާގެ މޫނު ކަޝްފުނުކުރާނެއެވެ. ދެން ގާ ބާއްވާ [މައްޔިތާ ފޮރުވާލާނީ]އެވެ. އަދި މައްޔިތާ ވެލިން ރައްކާތެރިކުރުމަށް ކިސަޑުފަދަ އެއްޗެއްލާ އެގާތައް ޘާބިތުކުރާނީއެވެ. ފަހެ ގާ ނުލިބުނިއްޔާ، މައްޔިތާ ވެލިން ރައްކާތެރިކުމަށް ބޭނުންކުރާނީ ފިލާގަނޑެއްފަދަ އެއްޗެއް ނުވަތަ ހިލަ ނުވަތަ ބޮޑުލަކުޑިގަނޑެކެވެ.

ދެން އެއަށްފަހު އޭގެ މައްޗަށް ވެލި އަޅާނީއެވެ. ވެލި އަޅާއިރު ކިޔާނީ ((بِاسْمِ اللهِ، وَعَلَى مِلَّةِ رَسُولِ اللهِ)) މިފަދައިންނެވެ. އަދި ކައިވަތެއްގެ މިންވަރަށް ވެލިގަނޑު އުފުލާނީއެވެ. އަދި ދަތިކަމެއްނެތި ކުދި ހިލަ ލިބޭނަމަ މަހާނަ މައްޗަށް އަޅާނީއެވެ. އަދި ފެން މަތުރާލާނީއެވެ.

މައްޔިތާ ވަޅުލަން ދާމީހުންނަށް ޝަރުޢުވެގެންވަނީ މަހާނަކައިރި ކޮޅަށް ތިބެ މައްޔިތާގެ މައްޗަށް ދުޢާކުރުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم މައްޔިތުން ވަޅުލެއްވުމަށްފަހުގައި، އެތާކައިރި ކޮޅަށްހުންނަވާ ޙަދީޘްފުޅު ކުރެއްވިއެވެ:  ((اسْتَغْفِرُوْا لِأَخِيْكُمْ، وَاسْأَلُوْا لَهُ التَّثْبِيْتَ، فَإِنَّهُ الآنَ يُسْأَلُ)) މާނައީ: “ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސަވައިދެއްވުމަށްއެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށްވެސް އެދި ދަންނަވާށެވެ. އެހެނީ، ފަހެ އޭނާއާއި މިހާރު ސުވާލު އެބަކުރެވެއެވެ.”

ޓެގް

މައްޔިތާ ވަޅުލުން ހިނެއުން ކަށުކަމާކެމި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.