ޚަބަރު

ފަޔާއާއިއެކު ރަނގަޅު މިސްރާބަކަށް، ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް: ރައީސް


އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވެފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލާއިއެކު 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވިފަހުން ފަޔާއާއި ބައްދަލު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ޗެއަރޕާސަންކަމަށް ވާއްދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. ޗެއަރޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. އެމްޑީޕީން ޢާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،163 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ. ޖުމްލަ 48،107 މީހަކު ވޯޓްލާފައިވެއެވެ.

މިއިންތިޚާބަށްފަހު ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފަޔާގެ ހިންގުން ތެރިކަމާއިއެކު އެމްޑީޕީއަށް ކާމިޔާބު ލިބޭނެކަމަށް ޔަގީން ކުރާކަމަށެވެ. އަދި ކުރިއަށް އޮތް 2023 ކާމިޔާބު ކުރުމަށްޓަކައި ރަނގަޅު މިސްރާބަށް ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މަރްޙަބާ ފައްޔާޟު. ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް. ކުރިއަށް ކުރިައަށް، ބާރަށް ކުރިއަށް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ކުރެއްވި ޓުވީޓުގައި 2023 ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރިމަތިލާނެ ވަކި ބޭފުޅެއްގެ ނަން ހާމަކުރައްވާފައި ނުވެއެވެ. ނަމަވެސް އެމަނިކުފާނުގެ ޓުވީޓުން މިއީ 2023 އަށް އެމަނިކުފާނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކާމިޔާބުކުރައްވާ މިނިސްޓަރ ފައްޔާޟް ވަނީ އެންމެ އިސްކަމެއް ދެއްވާނީ ޕާޓީ ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު އިސްމާއީލް އެޕާޓީއަށް އިތުރު ކާމިޔާބީތައް ހޯއްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެޕާޓީގެ ވެސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވިޓެއްގައެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަލަށް ހޮވިވަޑައިގެންނެވި ފައްޔާޒު އެޕާޓީއަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒު ބޮޑު ތަނުން ކާމިޔާބު ކޮށްފައިވާއިރު، އެމަނިކުފާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތެވެ. އަދި އިންތިއަށް ރައީސް ނަޝީދުގެ ތާއިދު އޮތެވެ. ރައީސް ސޯލިހުގެ ތާއިދު ފައްޔާޒަށް އޮތުމުގެ ނަތީޖާއަކަށްވީ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ ތާއިދު ވެސް ފައްޔާޒަށް ލިބުމެވެ.

މިއިންތިހާބު ފާހަގަ ކުރެވުނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

އެއް ކޮމެންޓް

  1. Adives.verikamugaa hunnan beenunvaneedo miraaje indiyaage baaruge dadhugaa.vaaleh.kudaeetha dathuru thakashaa.nnasheedu Aa devernnah baithul maalu husvaairuves

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close