ޚަބަރު ޑރ. އިޔާޒް ސަސްޕެންޑު ކުރީ ގަވައިދާ ހިލާފަށް : ޓްރައިބުނަލް

ޑރ. އިޔާޒް ސަސްޕެންޑު ކުރީ ގަވައިދާ ހިލާފަށް : ޓްރައިބުނަލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މޯލްޑިވްސް ނެޝނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ސަސްޕެންޑު ކުރީ ގަވައިދާ ހިލާފަށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފި އެވެ.

އިޔާޒް ސަސްޕެންޑްކުރީ މާޗް، 2019 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އެމްއެންޔޫގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. އޭނާ 14 ދުވަހަށް ސަސްޕެންޑްކުރި ނަމަވެސް، ފަހުން އެމްއެންޔޫ އިން އެ ސަސްޕެންޝަން އުވައިލި އެވެ.

ސަސްޕެންޑު ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ނިންމި ގޮތުގައި ބުނެފައިވަނީ އިޔާޒް ވަޒީފާ އަށް ނުކުތުން މަނާކޮށް އަދި އިންޒާރު ދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ޓްރައިބިއުނަލުގެ ނިންމުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާތިލުގެ މައްޗަށް ބިނާކޮށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލު ނިންމުމެއް ކަމަށެވެ.

ޓެގް

ޑރ.އިޔާޟް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.