ދީން ތިންމަހުގައި އެބޯޝަން ވުމުން އަންނަ ލޭގެ ޙުކުމަކީ ކޮބައިތޯ؟

ތިންމަހުގައި އެބޯޝަން ވުމުން އަންނަ ލޭގެ ޙުކުމަކީ ކޮބައިތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ތިންމަހުގައި އެބޯޝަން ވުމުން އަންނަ ލޭ އެއީ ނިފާސްކަމުގެ ލޭތޯ؟ މިހާލަތުގައި ރޯދަ ހިފާއިރު ޢަމަލު ކުރާނީ ކިހިނެތްތޯ؟

ޖަވާބު:

ބަނޑަށް 4 މަސްނުވާ ނަމަ ނިފާސްކަމުގެ ޙުކުމް ނުހިނގާނެއެވެ. އެހެންވީމާ މި ޙާލަތުގައި އަންނަ ލޭ ބަލާނީ އިސްތިޙާޟާގެ ނުވަތަ ބައްޔެއްގެ ސަބަބުން އަންނަ ލޭކަމުގައެވެ. އެހެންކަމުން މިޙާލަތުގައި ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރާނީއެވެ.

މިހާލަތުގައި ރޯދަވެސް ހިފޭނެއެވެ. އަދި ހަމަ އެފަދައިން ދެމަފިރި ކަމުގެ ގުޅުންވެސް ހިންގޭނެއެވެ.

ޖަވާބު ދެއްވީ : ޑރ. މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފު

ޓެގް

އެބޯޝަން ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.