ދީން

ކުޑަކުދިންގެ ނަމުގައި ހުޅުވާފައިވާ ހުންނަ ބޭންކް އެކައުންޓުތަކުން ޒަކާތް ދައްކާނީ ކިހިނެއް؟

ކުޑަކުދިންގެ ނަމުގައި ބޭންކްގައި ހުންނަ އެކަންޓް ނުވަތަކިޑްސް އެކައުންޓަކީ ފައިސާ ޖަމާކުރާ މީހާ ބޭނުންވާ އިރަކު ފައިސާ ނެގޭގޮތަށް ހުންނަ އެކައުންޓަކަށް ނުވާނަމަ އޭނާގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައި އެފައިސާ ހުރިކަމަށްނުވެއެވެ. އަދި އެފައިސާއަކީ ވަކި މުއްދަތެއް ފަހުން ނެގޭގޮތަށް ހުންނަ ފައިސާކަމަށްވާތީ އެފަދަ އެކައުންޓުތަށް ޒަކާތުގައި ބެލެވެނީ ރެސްޓްރިކްޓެޑް އެކްސެސް އެކައުންޓުގެގޮތުގައެވެ. މިފަދަ އެކައުންޓުތަކުން ޒަކާތް ދައްކާނީ އެފައިސާ އަތަށް ލިބުނު ދުވަހަކުން ހަމައެކަނި އެއް އަހަރުގެ ޒަކާތް އެކަންޏެވެ.

މިސާލަކަށް ކިޑްސް އެކައުންޓަށް ޖަމާވެފައި ހުރީ ޖުމްލަ 100000 (އެއްލައްކަ) ރުފިޔާ ނަމަ، އެ ފައިސާ އަތަށް ލިބުނު ދުވަހަކުން އެ ފައިސާގެ 2.5 ޕަސެންޓަށްވާ 2500 ރުފިޔާއެވެ.

ލިޔުމުގެ އަސްލު: https://shafiu.mv/?p=2432

މަރްޖިޢު:

ޤަރާރާތު ވަ ތަވްސިއްޔާތު މަޖްމަޢިލް ފިޤްހިލް އިސްލާމީ ( ޞަފްހާ: 265 )

“مجموع فتاوى ابن عثيمين” (18/174)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close