ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެނަން އިޢުލާނުކޮށްފި

2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ވަނީ އާންމުކުރެވިފައެވެ. މި ލިސްޓް ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، މި މިނިސްޓްރީގެ ވެބްސައިޓު (http://gender.gov.mv) އިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

މިއީ ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close