ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާއިރު ވޯޓު ލާން ނުކުންނަ މީހުން ނިސްބަތުން މަދުކަމަށް ފާހަގަ ކުރެވެ އެވެ.

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެ އެވެ. ޖުމްލަ ހަތް ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވެ އެވެ. މިއިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓް ނެގުމަށް ފަހު ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށް ފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިއުލާނު ކުރާނެ ކަމަށެވެ. އަދި ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާ ވެސް މިރޭ އިއުލާނު ކުރާނެ ކަމަށެވެ.

މިއަދު ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިދިކޮޅު ޕާޓީން ތުހުމަތު ކުރެ އެވެ. މިގޮތުން ކޮމަންޑޫ ދާއިރާއަށް ބަޖެޓުން ބޭރުން 300 އެއްހާ މިލިއަން ރުފިޔާ ހަރަދު ކުރުމާއި، އެ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close