ޚަބަރު މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޮވިޑަށް ފައްސިވެއްޖެ

މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޮވިޑަށް ފައްސިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް އާއި ދަރިކަނބަލުން ލައިބާ އަހްމަދު މަހްލޫފް (އެލީ) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ އާއި ދަރިކަނބަލުން ކޮވިޑް-19 އަށް ފައްސިވިއިރު މަހްލޫފް ހުންނެވީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ބައިވެރިވެ ވަޑައިގަތުމަށް ރ.އަތޮޅު އަލިފުއްޓަށް ވަޑައިގެން އެރަށުގައެވެ. ނަޒްރާ ވަނީ އޭނާ އާއި ދަރިކަނބަލުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ރޭ ކުރެއްވި ޓްވީޓެއްގައި ކަށަވަރު ކޮށްދެއްވާފައެވެ.

ނަޒްރާ އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ޗީފް އެގެޒެކެޓިވް އެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު ރައީސް ސޯލިހް ވެސް މިވަގުތު ހުންނެވީ ކޮވިޑް-19 އަށް ފައްސިވުމުން އެކަހެރިވެ ވަޑައިގެންނެވެ. އަދި މިނިސްޓަރ ޔުމްނާ މައުމޫން ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު އިއްޔެ ވަީ 14000 އަށް އަރާފައެވެ. މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ދެހާހަށްވުރެ މަތީގައި ހުރިއިރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހަހާހަށް އެރުން ވެސް އެކަށީގެންވާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ޓެގް

އެލީ ނަޒްރާ ނަސީމް މިނިސްޓަރ މަހުލޫފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.