ތުރުކީއަށް އެތެރެވާ ސޫރިޔާގެ ރެފިއުޖީން މެރުމުގެ ކަންބޮޑުވުން
އިސްތަންބޫލް، ތުރުކީ : ތުރުކީގެ އިސްތަންބޫލްގައި މިދިޔަ ހޯމަ ދުވަހު ސީރިއާގެ ޒުވާން ރެފިއުޖީއެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަށް މީހަކު ތުރުކީ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އިސްތަންބޫލްގެ ބައިރަމްޕާސާ ޑިސްޓްރިކްޓްގައި ހުންނަ އޭނާގެ ކޮޓަރީގައި އުމުރުން 19 އަހަރުގެ ނައިލް އަލް ނާއިފް ނިދާފައި އޮއްވާ ފެނުނީ އެރޭ ދަންވަރު 2 ޖަހާކަށް ހާއިރު ބަޔަކު ވަދެ، އޭނާގެ ބޮލަށާއި، ހަށިގަނޑުގެ އެތަންމިތަނަށް ވަޅިންހަމަލާދީ ޒަޚަމްކޮށްލައި މަރާލައިފައި އޮއްވައެވެ.
ކްރައިމް ސީންއަށް ޒިޔާރަތްކުރި އަލް ނާއިފްގެ ރަހުމަތްތެރިޔާ ބުނީ ހަމަލާދިން މީހުން، ހަތިޔާރާއެކު އެގެއަށް ވަނީ ފުލުހުން ކަމަށް ބުނެއެވެ.
ޑެމިރޮރެން ނިއުސް އޭޖެންސީން ބުނެފައިވަނީ، ބައިރަމްޕާސާގެ ފުލުހުން އެމައްސަލައިގެ ތުހުމަތުގައި ހިފަހައްޓާފައިވަނީ ތުރުކީގެ ފަސް މީހަކާއި، އަފްޣާނިސްތާނުގެ ތިން މީހުން ހިމެނޭ ގޮތަށް 8 މީހުން ކަމަށެވެ.
ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި މި މަރަކީ އެ ގައުމުގައި ރެފިއުޖީންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކަމުގެ ބިރުވެރި ޓްރެންޑެކެވެ.
އަންގާރަ ދުވަހު، ސޫރިޔާގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ ޑިއަރްބަރްގެ ޕާކެއްގައި ހިނގާފައި ދަނިކޮށް، އުމުރުން 18 އަހަރުގެ ސޫރިޔާ ފިރިހެނެއްގެ ގަޔަށްވެސް ބަޑިޖަހައި މަރާލާފައި ވެއެވެ.
ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު، އެސްނިޔުރްޓްގެ އިސްތަންބޫލް އަވަށުގައި، ސޫރިޔާގެ ރައްޔިތުން ބޭނުންކުރަމުންދިޔަ ޝޮޕިންގ މޯލަކަށް، ބަޔަކު ވަދެ މާރާމާރީ ހިންގައި އެތާންގައިތިބި ސޫރިޔާގެ ބަޔަކަށް ވަނީ އަނިޔާކޮށްފައެވެ.
އިސްތަންބޫލްގެ ގަވަރުނަރުގެ އޮފީހުން ބުނީ އެ ހާދިސާއަށް ފަހު ހަތް މީހަކު ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ހަތަރު ކުދިން ވެސް ހިމެނޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ ބަޔަކު އަވަށްޓެރި ގައުމުތަކުން “މިއީ ތުރުކީ، ސީރިއާ އެއް ނޫން” ކަމަށް ބުނެ އަޑުއުފުލަމުން ދިޔަ އިރު، ފަހުން އެހެން ޝޮޕިން މޯލެއްގެ ތެރޭގައި ތިބި ސީރިއާގެ ރައްޔިތުންނަށް ހަމަލާދޭން މަސައްކަތް ކޮށް، ގަލުންނާއި އެނޫންވެސް އެއްޗެހިން ސްޓޯރުފްރޮންޓްތަކަށް ގެއްލުން ދީ، އެތައް ސަތޭކަ ބަޔަކު ވަނީ އެ އަވަށް ތައް ތަޅައި، އެ ތަންތަނަށް ގެއްލުން ދީފައެވެ.
ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ އިޒްމީރުގެ ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ބުނީ އެ ސިޓީގައި ސީރިއާގެ ތިން މަސައްކަތްތެރިއަކު މަރުވި މައްސަލަ ތަހުގީގު ކުރަން ފެށީ ތުރުކީގެ މީހަކު އެމީހުން މަރާލި ކަމަށް އިއުތިރާފުވުމުން ކަމަށެވެ.
ސޫރިޔާގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ޒުވާން ތިން މީހުން ކަމަށްވާ މަމޫން އަލް ނަބްހާން (23އ) އާއި އަހުމަދު އަލް އަލީ (21އ) އަދި މުހައްމަދު އަލް ބިޝް (17އ) މަރުވީ މިމަހުގެ 16 ވަނަ ދުވަހު އެމީހުން ނިދާފައި ތިބި އެޕާޓްމަންޓުގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ.
ސޫރިޔާއިން ތުރުކީއަށް އެތެރެވާ ރެފިއުޖީންނާމެދު އިހާނެތިކޮށް ނުހިތުމަށާއި، ސޫރިޔާގެ ރައްޔިތުންނަކީވެސް އިންސާނުން ކަމަށްވާތީ އެމީހުންނަށް ހެޔޮކޮށް ހިތުމަށް ރައީސް ތުރުކީގެ ރައިސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ ތުރުކީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.


