ޚަބަރު ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ނަސޭހަތަށް ފަހު ދެން ހިންގާނީ ޖިނާއީ ތަހުގީގެއް: ފުލުހުން

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ނަސޭހަތަށް ފަހު ދެން ހިންގާނީ ޖިނާއީ ތަހުގީގެއް: ފުލުހުން

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ނަސޭހަތަށް ފަހު ދެން ހިންގާނީ ޖިނާއީ ތަހުގީގެއް: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަގުމަތީގެ އަމާންކަން ގެއްލި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން، ގަވާއިދާ ޚިލާފަށް ނުރައްކާތެރިކޮށް ދުއްވާ މީހުން ދެނެގަނެ، އެ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މިގޮތަށް ދުއްވާ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ފުރަތަމަ މަރުހަލާގައި ނަސޭހަތްތެރިވާނެއެވެ. ނަމަވެސް، އެއަށްފަހު ވެސް އެފަދަ އަމަލުތައް ތަކުރާރުކުރާ ނަމަ، ޓްރެފިކް ގަވާއިދުގެ ދަށުން ކުރާ ޖޫރިމަނާގެ އިތުރުން އެއްވެސް އިންޒާރަކާ ނުލައި އެ މީހުންގެ މައްޗަށް ސީދާ ޖިނާއީ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާނެއެވެ.

މި އޮޕަރޭޝަނުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާނެ ކަންކަމުގެ ތެރޭގައި މަގުމަތީގައި ބިރުވެރިކަން އުފެދޭ ގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރު އަޑުގަދަކޮށް ބަދަލުކޮށްގެން ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުން ހިމެނެއެވެ. އަދި ސްޕީޑް ބްރޭކަރުތަކަށް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވުމާއި، ހުއްދަނެތި ރޭސްޖެހުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓެގް

ޓްރެފިކް ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.