ކުޅިވަރު

ތާވަލުގެ އެއްވަނައިގައި އޮތް ސިޓީގެ ގިނަ ކުޅުންތެރިންނާއި ، ކޯޗު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ގެ ފުރަތަމަ އެގާރައި ގުނާލެވޭ ހަތް ކުޅުންތެރިއަކާއި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުރުން އެސިސްޓެންޓް ކޯޗު ޖުއަންމާ ލިލޯ ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދެމުން މެންޗެސްޓާ ސިޓީން ނެރެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ސިޓީގެ ހަތ ކުޅުންތެރިއަކާއި ކޯޗުގެ އިތުރުން އެސިސްޓެންޓް ކޯޗު ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެހެން ކަމުން ފައްސިވި ކުޅުންތެރިންނާއި ކޯޗު އަދި އެސިސްޓެންޓް ކޯޗު މިހާރު އަސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑަށް ފައްސިވި އެންމެން ވެސް 14 ދުވަހުގެ އައިސޮލޭޝަން މުދައްތެއް ފުރިހަމަ ކުރަން ޖޭހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ކޮވިޑަށް ފައްސިވި ކުޅުންތެރިންގެ ނަންތައް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް އަށް ފައްސިވެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އެކު ހުމްލަ 14 ބެކްރޫމް ސަޓާފުން މިހާރު އައިސޮލޭޓް ކުރެވިފައިވާއިރު، އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ރަށުން ބޭރުގައި ސްވިންޑަން ޓައުނާއި ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އެފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ. އަދި މީގެ އިތުރުންވެސް ގިނަ މެޗުތަކެއް އެފަރާތްތަކަށް ގެއްލޭނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ސިޓީގެ އިތުރުން ގިނަ ކުލަބުތަކެއްގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިނގިރޭސި ވިލާތުގައި ކޮވިޑް ކޭސްތައް ދުވަހެއްދުހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޕްރިމިއާ ލީގާއި އެފްއޭކަޕް ގެ އިތުރުން ލީގު ކަޕްގެ ގިނަ މެޗުތަކެއް މިހާރުވެސް ވަނީ ކޮވިޑާއި ގުޅިގެން ފަސްކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close