ޚަބަރު ރާޝިދުގެ ކެމްޕެއިން ފެށުމަށް ރައީސް ކޮމަންޑޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

ރާޝިދުގެ ކެމްޕެއިން ފެށުމަށް ރައީސް ކޮމަންޑޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންޑޫ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް ޞާލިހު ކޮމަންޑޫއަށް ވަޑައިގެންވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ. ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އެމްޑީޕީ ހަރުގޭގައެވެ.

މިއިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ސަބަބާއި ގުޅޭގޮތުން ރާޝިދު ވިދާޅުވީ އޭނާ މިއިންތިޚާބުގައި ވާދަކުރަނީ ދާއިރާގެ ކުރީގެ މެމްބަރު އަދި މަރުހޫމް ޙުސައިން ވަހީދު ދެއްވާފައިވާ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ފެށްޓެވި މަސައްކަތާއި، ކުރެއްވި ޚިދުމަތް ދަމަހައްޓައި ކޮމަންޑޫ ދާއިރާގައި މަރުހޫމް ހުސައިން ވަހީދު ގެންގުޅުއްވި ސިޔާސަތު އެއަށްވުރެ ވަރުގަދަކަމާއެކު ކުރިއަށް ގެންދިއުމަށް ކަމުގައި ރާޝިދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީންނާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ ކެނޑިޑޭޓުން ނެރެފައެވެ. އެމްޑީޕީން ވާދަކުރަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ނެރެފައިވަނީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ޓެގް

ކޮމަންޑޫދާއިރާ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.