ބޭރުދުނިޔެ އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ދެމީހަކު މަރުވެއްޖެ

އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ދެމީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލު ގެ އަސްކަރީ ހެލިކޮޕްޓަރެއް އެ ގައުމުގެ އައްސޭރިފަށުން ވެއްޓި ދެ މީހަކު މަރުވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް އިސްރާއީލުގެ އުތުރުގެ އައްސޭރިފަށުގެ ސަރަހައްދަކަށް ވެއްޓުނީ ހޯމަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ތަމްރީނު ތަކެއްގައި އުޅެނިކޮށް ކަމަށާއި، އެ ހާދިސާގައި ދެ ޕައިލެޓުން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އަސްކަރިއްޔާއިން ބުނީ ތިންވަނަ ފަޅުވެރިއެއް ކަމަށްވާ އޭރިއަލް އޮބްޒާވަރެއް ގެ ސަބަބުން ޒަޚަމްވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވައިގެ އަސްކަރިއްޔާގެ ކޮމާންޑިންގ އޮފިސަރު ވަނީ ފްލައިޓް ވެއްޓުނު ހާދިސާގެ ތަހުގީގެއް ހުޅުވާލައި، ތަމްރީނު ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލުމުގެ އިތުރުން، މެރިޓައިމް ޕެންތަރ ހެލިކޮޕްޓަރު ބޭނުންކުރުމަށް ވެސް އަމުރު ކޮށްފައެވެ.

މިހާދިސާ އިތުރަށް ތަހްޤީޤު ކުރުމުގެ މަސައްކަތް އިސްރާއީލްގެ ފުލުހުން ގެންދަނީ ކުރަމުން ކަމަށް ފުލުހުންނާ ހަވާލާދީ އިޒްރޭލްގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޓެގް

އިސްރާޢީލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.