ކުޅިވަރު

ނަޕޯލީ މެޗުގެ ކުރިން ޔުއެންޓަސްގެ ޗިއެލީނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިޓާލިއަން ސެރިއާ: ކުރިއަށް އޮތް ނަޕޯލީ މެޗުގެ ކުރިން ޔުއެންޓަސްގެ ޗިއެލީނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް އެޓީމުން ހާމަކޮށްފިއެވެ.

ޗިއެލީނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޔުވެންޓަސް އަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތި ލާންޖެހިފައެވެ.  

މި ސީޒަނުގެ ޔުވެންޓަސްއަށް ކުޅުނު ހުރިހާ މުބާރާތެއްގައި 11 މެޗު ކުޅެފައިވާ އިޓަލީގެ ޑިފެންޑަރު ޗިއެލީނީ މިދިޔަ މަހު ޓްވިޓާގައި ބުނީ ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް އޭނާއަށް ލިބިފައިވާ ކަމަށެވެ.

ޔުވެންޓަސް އިން ނަޕޯލީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. 19 މެޗަށްފަހު ޓޮރީނޯ ކްލަބް އޮތީ 34 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.

“(ޗިއެލީނީ) މިހާރުވެސް ދަނީ ކުރިން ވެސް ލަފާކުރެވުނު ފިޔަވަޅުތައް އޮބްޒާވް ކުރަމުން، އަދި މިހާރު އަމަލު ކުރަމުންދާ ހެލްތު ޕްރޮޓޮކޯލްއާ އެއްގޮތަށް، އޭނާ ވަނީ އައިސޮލޭޝަންގައި ބަހައްޓާފައި،” ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިޓަލީން ހޮނިހިރު ދުވަހު 141،262 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ ދުވަހު 144،243 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު 155 އިން 111 އަށް ވެއްޓިފައިވާ ކަމަށް އިޓަލީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close