ބޮލީވުޑްމުނިފޫހި

މެޓްރިކްސް ގައި ޕްރިޔާންކާގެ ސްކްރީންޓައިމް ކުޑަކަމަށްބުނެ ފާޑުކިޔާ ފަރާތްތަކަށް އޭނާ ރައްދުދީފި

“މެޓްރިކްސް ރިސަރަކްޝަންސް” ގައި ޕްރިޔަންކާ ޗޯޕްޅާ އަދާކުރި ރޯލް މާކުރުކަމަށްބުނެ ފާޑުކިޔާފާޑުކިޔުންތެރިންނަށް އޭނާ ރައްދު ދީފިއެވެ.

ޖޯނަސްގެ އެންމެ ފަހުގެ ހޮލީވުޑް ރިލީސްކުރާ “ދަ މެޓްރިކްސް ރިސަރަކްޝަންސް” ގައި ޕްރިޔަންކާ ޗޯޕްރާ އަދާކުރާ ރޯލާމެދު އެފިލްމް ރިލީޒްކުރުމުގެ ކުރިން އިންޑިއާގެ އޯޑިއަންސްގެ މެދުގައި ވަނީ ހޫނު ބަހުސަކަށް ގޮސްފައެވެ.

ޕްރިޔަންކާގެ ކެރެކްޓާގެ ދިގުމިން ކުޑަކަން ޕްރިޔާންކާގެ ފޭނުންނަށް އިހްސާސްކުރެވުމުން ފިލްމު ބެލުމަށް ފަހު އެމީހުން ތިބީ ވަރަށް ދެރަވެފަ އެވެ.

ބައެއް ފާޑުކިޔުންތެރިން ވެސް ވަނީ ފިލްމުގައި ޕްރިޔަންކާގެ ސްކްރީން ޓައިމް ކުޑަކަމަށް އިޝާރާތްކޮށް، އެކަމާ ފާޑުކިޔާފައެވެ.

ދާދި ފަހުން އޭޝިއަން ސަންޑޭ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ “އަހަންނަށް ހީވަނީ ތިޔަ ސުވާލަކީ ދެކުނު އޭޝިއާގެ މުޖުތަމައުގެ ވަރަށް ގިނަ ބަޔަކު އަހަންނާ ކުރިމަތިކުރާ ސުވާލެއްހެން. އެއީ ކުޑަ ރޯލެއް، ލީޑް ރޯލެއް ނޫން، ކީއްވެ އެކަން ކުރީ؟.’ އެއީ ‘ދަ މެޓްރިކްސް’ ކަމަށްވާތީ އަހަރެން ކުޅެނީ ވަރަށް މުހިންމު ރޯލެއް.”

އަދި ބޮލީވުޑްގައި އަހަރެން ފިލްމުތައް ނެގިއިރުވެސް އަހަރެން އަބަދުވެސް ކެރެކްޓާސްތަކަށް ބަލައިގެން ރޯލުތައް ހޮވާ ކަމަށާއި އެ ރޯލުތަކަކީ އަބަދު ލީޑް ރޯލުތައް ކުޅެން ޖެހޭ ރޯލުތަކެއް ނޫން. ޕްރިޔާންކާ ބުންޏެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އެންމެ ފަހުން ކުޅުނު ތިން ފިލްމުގައި ޓްރިނިޓީގެ ރޯލު ކުޅެފައިވާ ކެރީ-އޭން މޮސް އެވެ. ކަލޭ އެއާއި ވާދައެއް ނުކުރޭ އަދި އަހަރެން ދެކޭ ގޮތުގައި އެކަހަލަ ގޮތަކަށް ހީކުރުމަކީ ވަރަށް މަޔޯޕިކް އަދި ވަރަށް ކުޑަ މެންޓަލިޓީއެއް.”

އުމުރުން 39 އަހަރުގެ އެކްޓަރު އިތުރަށް ބުނީ ފިލްމަކަށް ކުރޫގައި އުޅޭ ކޮންމެ އެކްޓަރަކީ ވެސް މި ފިލްމުގެ ވާހަކައަށް މަގުފަހިކޮށްދޭ އެކްޓަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ އިތުރަށްބުނީ މެޓްރިކްސް އަލުން ދިރުވުމަކީ ހީވެސް ނުކުރާވަރުގެ އެކްޓަރުންގެ ކަމެއްކަމަށެވެ.

އެއް ކޮމެންޓް

  1. ނިވާކަންކުޑަ ހެދުން ލަިގެން ތިބޭ މީހުންގެ ފޮޓޯ މުސްލިމުންގެ ނޫސްތަކުގައި ބޭނުން ނުކުރައްވާ. ތިމާއާއި އެހެންމީހުންގެ ރަނގަޅަކަށް މި ފަދަ ފޮޓޯ ރިމޫވް ކޮށްލަދެއްވާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close