އާސަންދައިގެ ޚިދުމަތްތަކުގެ ތަފްޞީލް ފަސޭހަކަމާއެކު ބަލައިލެވޭނެ އެޕެއް ލޯންޗްކޮށްފި
އާސަންދައިގެ ޚިދުމަތްތަކުގެ ތަފްޞީލް ފަސޭހަކަމާއެކު ބަލައިލެވޭނެ އެޕެއް ލޯންޗްކޮށްފިއެވެ.
އެ އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.
އާސަންދަ މޯބައިލް އެޕްލިކޭޝަނަކީ އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.
އެ ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ފެންނައިރު ބޭސް ސިޓީތަކުގެ ތަފްސީލްތައް ވެސް ފެންނާނެ އެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވާ މިންވަރު ވެސް ފެންނަން ހުންނާނެ އެވެ.
އެ އެޕްލިކޭޝަނުން ހިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނާނެ އެވެ. އެއިރުން، އެމީހަކު ހޯދި ހިދުމަތާއި ހިދުމަތް ހޯދި ތަނާއި ހަރަދުވި އަދަދުގެ ތަފްސީލް މެސެޖުން އެނގޭނެ ކަމަށް އާސަންދައިން ބުނެ އެވެ. މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.
އެ ހަރަދުގެ 64 ޕަސެންޓު ހޭދަވަނީ ބަލިވުމުން ބޭސް ކޮށްދިނުމަށް ކަމަށާއި ހަރަދުގެ 31 ޕަސެންޓު ހޭދަވަނީ ބޭސް ގަތުމަށް ކަމަށާއި ފަސް ޕަސެންޓަކީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ދާ ހަރަދު ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްތަރު މަރްޔަމް ޝަފީގް ވިދާޅުވި.
މީގެ އިތުރުން އާސަންދައިން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ފަސޭހައިން އާއްމުންނަށް ލިބޭނެގޮތް ހަމަޖެއްސުމަށް ޔޫޓިއުބް ޗެނަލްވެސް ލޯންޗްކޮށްފަ އެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެފައި ވަނީ ވެއެތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ބޭސްފަރުވާއަށް 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ހަރަދުގެ 64 ޕަސެންޓު ހޭދަވީ ބަލިވުމުން ބޭސް ކޮށްދިނުމަށް ކަމަށާއި ހަރަދުގެ 31 ޕަސެންޓު ހޭދަވަނީ ބޭސް ގަތުމަށް ކަމަށާއި ފަސް ޕަސެންޓަކީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ދިޔަ ހަރަދު ކަމަށް އާސަންދައިން ބުންޏެވެ.
