ބަނގްލާދޭސް ގައި ފެރީލޯންޗެއްގައި ރޯވެ 37 މީހުން މަރުވެއްޖެ
ބަނގްލާދޭޝް ގެ ދެކުނުގެ ރަށެއްކަމުގައިވާ ޖަލަކާތީގައި ފެރީ ލޯންޗެއްގައި ރޯވެ މަރުވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.
ބަރްގުނާ-ބައުންޑް އެމްވީ އަބީޖާން-10 ނަމަކަށް ކިޔާ މިލޯންޗްގައި އަލިފާން ރޯވެ އިތުރު ފަސިންޖަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ޖަލަކާތީގެ ޑެޕިއުޓީ ކޮމިޝަނަރ ޒޮހޯރު އަލީ ވިދާޅުވީ، މީހުން ސަލާމަތްކުރާ ފަރާތްތަކުން މިހާތަނަށް 37 މީހެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށެވެ.
ފަޔަރ ސަރވިސް ކޮންޓްރޯލް ރޫމުން ބުނެފައިވަނީ، މިހާދިސާގައި 72 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރު ވަންދެން އަލިފާން ރޯވެ އަނދަމުންދިޔައިރު، އެތައް ފަސިންޖަރުންނެއް ވަނީ ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ނާއުންމީދުކަމާއެކު ކޯރަށް ފުންމާލާފައެވެ. ސަލާމަތްވި މީހުން ބުނާ ގޮތުގައި ލޯންޗް އޮތީ ފަސިންޖަރުންނާއެކު ތޮއްޖެހިފަ އެވެ.
ހުކުރު ދުވަހުގެ ފަތިހު 3:00 ހާއިރު އަލިފާން ގަނޑު ފެތުރެން ފެށުމާއެކު، ޖަލަކާތީ ސަދަރް އުޕަޒިލާގެ ޑިއާކުލް ސަރަހައްދުގައި އޮންނަ ކޯރުގެ އައްސޭރިފަށުގައި އެންކަރ ކުރަން ލޯޗަށް މަޖުބޫރުވިއެވެ.
މިހާދިސާ ހިގަން މެދުވެރިސަބަބު ހޯދުމުގެ މަސައްކަތް ބަންގާޅީ ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ.
