ޝައިޚް ހަސީނާގެ ޙަޔާތްޕުޅަށް އަވަސް ކަޅިއެއް
ޝެއިޚް ހަސީނާ ވަޒީދަކީ ބަންގްލަދޭޝްގެ ސިޔާސީ ބޭފުޅެއްގެ އިތުރުން ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރެވެ. އެކަމަނާއަކީ ބަންގްލަދޭޝްގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރެވެ. އަދި 2018 ވަނަ އަހަރު ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އެކަމަނާ ވަނީ އަލުން އެ މަގާމަށް ހޮވިވަޑައިގެންފަ އެވެ. ޝައިޚް ޙަސީނާގެ ޙަޔާތްޕުޅާއި، އެކަމަނާގެ ޢާއިލާއާއި، ބަޔޮގްރަފީއާއި އަދި މިނޫންވެސް ޝައުޤުވެރި ތަފްޞީލުތައް ބަލައިލަމާ ހިނގާށެވެ.

ޝައިޚް ހަސީނާގެ ޙަޔާތުގެ ކުރީކޮޅު
ހަސީނާއަކީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސްގެ މަގާމު ވެސް ފުރުއްވި އަދި ބަންގްލަދޭޝް އާއި ޕާކިސްތާނު ވަކިކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އަލްމަރްޙޫމް ޝެއިޚް މުޖީބުއްރަހްމާންގެ ދަރިކަނބަލެކެވެ. ޝެއިޚް މުޖީބުއްރަހްމާން އަކީ ‘ބަނގްލަދޭޝްއަށް ޓަކައި ގައުމުގެ ބައްޕަ’ ގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ޔުނިވާސިޓީ އޮފް ޑާކާގައި ކިޔަވާވިދާޅުވަމުން ދަނިކޮށް، ޕާކިސްތާނު ސަރުކާރުން އޭނާ ޖަލަށް ލާފައި ވަނިކޮށް، އޭނާގެ ބައްޕަގެ ސިޔާސީ މުއާމަލާތްތަކުގެ ގޮތުގައި މަސައްކަތް ކުރީ، ހަސީނާ އެވެ. 1971 ވަނަ އަހަރުގެ ތެރޭގައި ބަނގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުމާއި، ސިޔާސީ ފިތުނަފަސާދައިގެ ސަބަބުން ހަސީނާ ގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ހަސީނާ އޭނާގެ ގައުމު ދޫކުރައްވައި ކުޑަދުވަސްކޮޅަކަށް ޤައުމުން ބޭރަށް ވަޑައިގެންނެވިއެވެ.

ޝައިޚް ހަސީނާ ބައްޕާފުޅުގެ އަރިހުގައި
1975 ވަނަ އަހަރު ބަނގްލާދޭޝްގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކެއްގައި ޝެއިޚް ހަސީނާގެ ޢާއިލާގެ ބައެއް މެމްބަރުން ވަނީ އަވަހާރަކޮށްލެވިފައެވެ. ނަމަވެސް ޙަސީނާ އާއި އެކަމަނާގެ ކޮއްކޯފުޅު ޝެއިޚް ރީހާނާ އާއި އެކު ޙަސީނާ ވަނީ ފިއްލަވާވަޑައިގެން ހުޅަނގު ޖަރުމަނަށް ވަޑައިގެންފައެވެ. އެއަށްފަހު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ގާތްގަނޑަކަށް 6 އަހަރު ވަންދެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅުއްވިއެވެ. އޭގެފަހުގައި 1980 ވަނަ އަހަރު އެކަމަނާ ވަނީ ބަންގްލަދޭޝްގައި އޮތް އާބިޓްރަރީ ވެރިކަމާ ދެކޮޅަށް ހަރަކާތެއް ފައްޓަވައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް މަސައްކަތް ފައްޓަވާފައެވެ. 1981 ވަނަ އަހަރު އެކަމަނާ ގެ ޣައިރު ހާޒިރުގައި ‘ބަންގްލަދޭޝް އަވާމީ ލީގް’ ގެ ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ. 6 އަހަރު ވަންދެން ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންނެވީ 17 މެއި 1981 ގައެވެ. އެނބުރި ވަޑައިގަތުމުން އެކަމަނާ ވަނީ ބަންގްލަދޭޝްއަށް ޑިމޮކްރަސީ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެވި ލީޑަރެއްގެ ގޮތުގައި އެޤައުމުގެ ރައްޔިތުން ބަލައިގެންފައެވެ.

އާއިލާ، ފިރިކަލުން އަދި ގާތްތިމާގެ ބޭފުޅުން
ޝެއިޚް މުޖީބުއްރަހްމާން އާއި ޝެއިޚް ފަޒިލަތުންނަސާ މުޖީބަށް، ޝައިޚް ހަސީނާއާއި އެކު ޖުމުލަ 5 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ފިރިހެން 3 ބޭފުޅުންނާއި، އަންހެން 2 ބޭފުޅުންނެވެ. އެއީ (ޝައިޚް ކަމާލް، ޝައިޚް ޖަމާލް އަދި ޝައިޚް ރަސެލް) އަދި 1 ކޮއްކޯފުޅު (ޝައިޚް ރީހާނާ) އެވެ. 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ބަޣާވާތަކުން އެކަމަނާގެ ބައްޕާފުޅާއި މަންމާފުޅާއި ތިން ބޭބެއިން އަވަހާރަކޮށްލީ އެވެ.
1968 ވަނަ އަހަރު ބަންގްލަދޭޝްގެ މަޝްހޫރު ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ އެމް.އޭ ވާޒިދު މިއާ އާއި ކައިވެނި ބައްލަވައިގަތީ ޙަސީނާއެވެ. މި ދެމަފިރިންގެ އެއް ފިރިހެން ދަރިފުޅު ސަޖީބް ވަޒްދު ޖޯއީ (ބަންގްލަދޭޝްގެ ވިޔަފާރިވެރިއެއް އަދި ސިޔާސީ މީހެއް) އަދި އެއް އަންހެން ދަރިފުޅު ސައިމާ ވާޒްދު ހުސޭނު (ބަންގްލަދޭޝްގެ އޯޓިޒަމް އެކްޓިވިސްޓެއް) ލިބިވަޑައިގެންނެވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، 2009 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު، ޙަސީނާގެ ފިރިކަލުން މިއާ ވަނީ އަވަހާރަވެފައެވެ.

ކެރިއަރ
1981 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ‘އަވާމީ ލީގް ޕާޓީ’ ލީޑް ކުރުމަށް ހަސީނާ ވަނީ އިންތިޚާބު ކޮށްފައެވެ. 1983 ވަނަ އަހަރު އޭރުގެ ޖެނެރަލް ‘ހުސައިނު މުހަންމަދު އެރުޝާދު’ އިޢްލާން ކުރެއްވި މާޝަލް ލޯއާ ދެކޮޅަށް ހަރަކާތެއް ފެއްޓެވުމަށް ޓަކައި 15 ޕާޓީ އެކުލެވޭ އިއްތިހާދެއް އުފެއްދެވިއެވެ. 1984 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ނޮވެމްބަރު މަހުގެ ތެރޭގައި އެކަމަނާ އަނެއްކާވެސް ހައްޔަރު ކުރެވުނެވެ. 1991 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި ޚާލިދާ ޒިޔާ އިސްކޮށް ހުންނަވައިގެން އުފެއްދި ބަނގްލަދޭޝް ނޭޝަނަލް ޕާޓީން އިންތިޚާބު ކާމިޔާބުކުރުމުން، ހަސީނާގެ އަވާމީ ލީގަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ވިއެވެ. 1991 ވަނަ އަހަރު 3 ދާއިރާއަކުން އިންތިޚާބަށް ވާދަކުރެއްވި ނަމަވެސް، ގޯޕާލްގަންޖްގައި ހުންނަ އެކަމަނާގެ ހޯމް ދާއިރާގެ ތެރެއިން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ވެސް ހަސީނާއެވެ. އެހެންކަމުން، ބީއެންޕީގައި އިސްކޮށް އުޅުއްވި ޚާލިދާ ޒިޔާ ވަނީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައެވެ.

އާންމު އިންތިޚާބުގެ ދުވަސްވަރު ޝައިޚް ހަސީނާ
1994 ވަނަ އަހަރު މެގުރާގައި ބޭއްވި ބައި-އިލެކްޝަންތަކުގައި އަވާމީ ލީގުގެ ގޮނޑި ގެއްލުނީ، (އަވާމީ ލީގް މެމްބަރު) އަވަހާރަވުމާ ގުޅިގެންނެވެ. އަވާމީ ލީގުން ވަނީ އިދިކޮޅު އެހެން ޕާޓީތަކާ އެކު ކުރިއަށް އޮތް އިންތިހާބަށް ކެއާޓޭކަރ ސަރުކާރެއް ހެދުމަށް ޑިމާންޑްކޮށްފައެވެ. މިއީ ވެރިކަންކުރާ ބަނގްލަދޭޝް ނޭޝަނަލް ޕާޓީން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދިޔަ ކަންކަމަށެވެ. އެތައް ހަފުތާއެއް ވަންދެން ދެމިގެން ދިޔަ އިދިކޮޅު ޕާޓީތަކުގެ ނުރުހުމާއި ހަމަލާތަކަށް ފަހު، ދެން ޕާލަމެންޓް އިންތިޚާބެއް ބޭއްވުނީ ޖަސްޓިސް ހަބީބުއްރަހްމާން ރިޔާސަތު ބަލަހައްޓަވާ ވަގުތީ ސަރުކާރެއްގެ ދަށުންނެވެ. އެއީ 30 ޖޫން 1996 ގައެވެ.
1996 ވަނަ އަހަރު ބޭއްވި ޕާލަމެންޓް އިންތިޚާބުގައި އަވާމީ ލީގުން ދިހަ ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، ހަސީނާ ވަނީ ބަންގްލަދޭޝްގެ ދެވަނަ އަންހެން ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ. ހަސީނާ ވަނީ ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފުރަތަމަ ކެއަރޓޭކަރ ސަރުކާރު ހިންގުމުގައި އިސްކޮށް އުޅުއްވި ޖަސްޓިސް ޝަހާބުއްދީން އަހްމަދަށް ޑެލިގޭޓް ކޮށްދެއްވާފައެވެ. ހަސީނާގެ ސަރުކާރުން ވަނީ 1960ގެ އަހަރުތަކުގައި ބިނާކުރި ފަރަކާ ބެރޭޖްއާއި، ޕަރްބަޓިއާ ޗަޓަގަރަމް ޖަނާ- ސަމްހަތީ ސަމިތީ (ޕީސީޖޭއެސް) އާއެކު ސުލްހައިގެ މުއާހަދާއަށް ވެސް ރިއާޔަތްކޮށް އިންޑިއާއާއި ބަނގްލަދޭޝްއާ ދެމެދު ‘ދަ ގަންގާސް ވޯޓާ ޝެއަރިން ޓްރީޓީ’ ގައި ސޮއިކޮށްފައެވެ. މި މުޢާހަދާތަކުގެ ނަތީޖާއަކަށްވީ، ބަންގްލަދޭޝްގައި ތިމާވެށީގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެގެން ދިޔުމެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ޝެއިޚް ހަސީނާ
ހަސީނާގެ ވެރިކަމުގައި އިދިކޮޅު ޕާޓީތަކުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އިރު، އަވަސް އިންތިޚާބަކަށް ޑިމާންޑް ކުރުމާއި، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ވެސް ބަންގްލަދޭޝްއަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. މިފަދަ ހުރިހާ ހަލަބޮލިކަމަކަށްފަހުވެސް އެކަމަނާ ވެވަޑައިގެންފައިވަނީ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެ، ދައުރު ފުރިހަމަކުރެއްވި ފުރަތަމަ ބޮޑުވަޒީރެވެ.
ޤައުމީ ތިމާވެށީގެ ކޮމިޓީގެ ބައްދަލުވުމުގައި ހަސީނާ

2001 ވަނަ އަހަރު ބޭއްވި ޕާލަމެންޓް އިންތިޚާބުގައި އަވާމީ ލީގް ބަލިވީ ބަނގްލަދޭޝް ނޭޝަނަލް ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ފޯ ޕާޓީ އެލަޔަންސް އިންނެވެ. އޭގެ ފަހުން 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް އިދިކޮޅު ލީޑަރުކަން ކުރެއްވީ ވެސް ހަސީނާ އެވެ. ބަންގްލަދޭޝް ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް، 2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ކެންސަލްކޮށްފައެވެ. މި ދުވަސްވަރު، ރިޝްވަތުނެގުމާއި މީހުން މެރުމުގެ ތުހުމަތުގައި (ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހަތަރު ސަޕޯޓަރުން މަރާލި ކަމުގެ ތުހުމަތުގައި) ހަސީނާ ހައްޔަރު ކުރި އެވެ. އޭގެ އެއް އަހަރު ފަހުން އެކަމަނާ ވަނީ ދޫކޮށްލައިފަ އެވެ.
2008 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޙުސައިން މުޙައްމަދު އިރުޝާދު އިސްކޮށް ހުންނަވައިގެން އުފެއްދި ޖާތިޔާ ޕާޓީއާ ވާދަކޮށް، 299 ގޮނޑީގެ ތެރެއިން 230 ގޮނޑީގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ން ކުރި ހޯއްދެވީ ވެސް ހަސީނާއެވެ. ހަސީނާ ދެވަނަ ފަހަރަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 6 ޖަނަވަރީ 2009 ގައެވެ.
ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ހަސީނާ ވަނީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއްވާފައެވެ. ބޮޑެތި ބަޣާވާތްތަކާއި ދާޚިލީ ހަމަނުޖެހުންތަކާ އެކަމަނާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ނަމަވެސް، އެކަމަނާ އަމިއްލަފުޅަށް ޢަޒުމް ކަނޑައެޅުއްވި އެވެ. ބީއެންޕީ ގެ އިސްނެގުމާއެކު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު މައި އިދިކޮޅު ފޯ ޕާޓީ އެލަޔަންސާ ދެކޮޅަށް ހަސީނާ ތިން ވަނަ ފަހަރަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ވަޑައިގަތެވެ. 2018 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އަވާމީ ލީގުން ވަނީ %96 ގޮނޑި ކާމިޔާބުކޮށް ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. އޭގެ ފަހުން ހަސީނާ ވެވަޑައިގެންފައިވަނީ ބަންގްލަދޭޝްގެ 10 ވަނަ ބޮޑުވަޒީރާއި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރަށެވެ.

އިނާމުތަކާއި ޝަރަފުތައް
1997 ވަނަ އަހަރު ސްޕެއިންގެ ރާނީ އާއި ހިލަރީ ކްލިންޓަން އާއެކު ހަސީނާ ވަނީ ‘މައިކްރޯ ކްރެޑިޓް ސަމިޓް’ ގެ ބައިވެރިއަކަށް ވެވަޑައިގެންފައެވެ.
އެކަމަނާއަށް ބޮސްޓަން ޔުނިވާސިޓީން ޑިގްރީ އޮފް ލޯ ޑިގްރީ އަދި އޮނަރަރީ ޑޮކްޓާ އޮފް ލޯ ގެ ލަގަބު ދެއްވީ 1997 ވަނަ އަހަރު ވާސީދާ ޔުނިވާސިޓީންނެވެ.
އަދި 1997 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެބަރޓާއީ ޑަންޑީއިން ލިބަރަލް އާޓްސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓް އޮފް ފިލޯސަފީ ގެ ލަޤަބުވެސް އެކަމަނާއަށް ވަނީ އަރުވާފައެވެ.
ޝެއިޚް ހަސީނާއަށް އޮނަރަރީ ޑޮކްޓަރޭޓްކަން
1998 ވަނަ އަހަރު ‘އޯލް އިންޑިއާ ޕީސް ކައުންސިލް’ އިން ހަސީނާއަށް ‘މަދަރ ޓެރެސާ އެވޯޑް’ ދީފައިވަނީ، ބަންގްލަދޭޝްގެ ގަބީލާތައް ޝާމިލުވާ ގޮތަށް ސުލްހައިގެ މަސައްކަތް ތަކަށާއި، އެންޓި-ޕާސަންސް މައިންތައް ބޭނުންކުރުން މަނާކުރުމުގެ ސަބަބުންނެވެ.
1998 ވަނަ އަހަރު ޔުނެސްކޯގެ ހައުހައުޓް-ބޮގްނީ ޕީސް ޕްރައިޒް އެކަމަނާއަށް ލިބިވަޑައިގަތުމުން، އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، ސިޔާސީ ހިތްވަރާއި، ސިޔާސީ ހިންގުންތެރިކަމާއެކު ޗިޓަގޮންގް ހިލް ޓްރެކްޓްސްގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން އެކަމަނާއަށް ވަނީ ޔުނެސްކޯގެ ހައުހައުޓް-ބޮގްނީ ޕީސް ޕްރައިޒް ލިބިވަޑައިގެންފައެވެ.

ޝެއިޚް ޙަސީނާ ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމް އާއެކު
ބަންގްލަދޭޝްގައި ޞުލްޙަވެރި ޑިމޮކްރަސީ އެއް ކުރިއެރުވުމުގައި ހަސީނާ އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، ނޯވޭގެ ‘މަހާތަމާ އެމް.ކޭ ގާންދީ ފައުންޑޭޝަން’ ގައި ހަސީނާއަށް ވަނީ ‘އެމް.ކޭ ގާންދީ އެވޯޑް’ ލިބިވަޑައިގެންފައެވެ.
އަދި 1999 ވަނަ އަހަރު އޮސްޓްރޭލިއާ ނެޝަނަލް ޔުނިވާސިޓީ ޑާކާ ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން ވެސް އެކަމަނާ ވަނީ އަރުވާފައެވެ.
އެކަމަނާއަށް ވަނީ އެމެރިކާގެ ރެންޑޮލްފް މެކޮން ވިމެންސް ކޮލެޖުން ދޭ “ޕާރލް އެސް ބަކް އެވޯޑް 99” ގެ ޝަރަފު 9 އެޕްރީލް 2000 ގައި ލިބިވަޑައިގެންފައެވެ.
2009 ވަނަ އަހަރު އެކަމަނާއަށް ‘އިންދިރާ ގާންދީ ޕްރައިޒް’ ލިބިވަޑައިގެންނެވިއިރު، އެކަމަނާ ވަނީ ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ކުރެއްވި އުފެއްދުންތެރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށްފައެވެ.
ޝެއިޚް ހަސީނާއަށް އިންދިރާ ގާންދީ އެވޯޑް ލިބިވަޑައިގެންނެވީ ރައީސާ ޕްރަތީބާ ޕާޓިލްގެ އަތްޕުޅުން

2014 ވަނަ އަހަރު އެކަމަނާ އަށް ‘ޔުނެސްކޯ ޕީސް ޓްރީ އެވޯޑް’ ލިބިވަޑައިގެންނެވީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެން ކުދިންގެ ތައުލީމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުން ނެވެ.
ޔުނެސްކޯޕީސް ޓްރީގެ އެވޯޑް ހަސީނާއަށް އެރުވުން

2015 ވަނަ އަހަރު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ލީޑާޝިޕްގެ ސަބަބުން ނިއުޔޯކްގައި “ޔޫއެން އެންވަޔަރަންމަންޓް ޕްރައިޒް” ގެ އިނާމު ވެސް ވަނީ ހަސީނާއަށް ލިބިފައެވެ.އަދި އދގެ ތިމާވެށީގެ އެވޯޑް ވެސް ހަސީނާ ހާސިލްކުރެއްވިއެވެ.
2015 ވަނަ އަހަރު އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އިން ޝެއިޚް ހަސީނާއަށް ‘އައި.ސީ.ޓީ އިން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެވޯޑް’ ދީފައިވަނީ، ބަންގްލަދޭޝްގައި ދެމެހެއްޓެނިވި ތަރައްޤީއާއެކު އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީސް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް ޝެއިޚް ހަސީނާ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން ދޭ “އައިސީޓީ އެވޯޑް” ހަސީނާއަށް ލިބިވަޑައިގެންނެވިއެވެ.
2016 ވަނަ އަހަރު “އެޖެންޓް އޮފް ޗޭންޖް” އެވޯޑާއި އަންހެނުން ބާރުވެރިކުރުވުމަށް ޓަކައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތީމަށް “ޕްލެނެޓް 50-50 ޗެމްޕިއަން” ގެ ޝަރަފު ވެސް ވަނީ ހަސީނާއަށް ލިބިފައެވެ.
“އެޖެންޓް އޮފް ޗޭންޖް” ގެ އެވޯޑް ހަސީނާއަށް

2018 ވަނަ އަހަރު ހަސީނާއަށް “ގްލޯބަލް ވިމެންސް ލީޑަރޝިޕް އެވޯޑް” ގެ ތާޖު ލިބިފައިވަނީ ބަންގްލަދޭޝްގައި އަންހެނުންގެ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ލީޑަރޝިޕްގެ ރޮނގުން ނެވެ.
ހަސީނާއަށް ކުރެވުނު ތުހުމަތުތަކާއި ދައުވާ
2007 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ، އެ ކޮމިޝަނުން، އެ ކޮމިޝަނަށް ފައިސާ ނެގުމުގެ ދައުވާ އުފުލާފައެވެ. 1997 ވަނަ އަހަރު ޕަވަރ ޕްލޭނެއް ހެދުމުގެ ކޮންޓްރެކްޓަކާ ގުޅޭ ގޮތުން 30 މިލިއަން ޓާކާގެ ރިޝްވަތު ނެންގެވި ކަމަށް ހަސީނާ އެއްބަސްވެ ވަޑައިގެންފައިވެއެވެ.
ގަނާކުރުމުގެ ތުހުމަތުގައި ޝެއިޚް ހަސީނާ ހައްޔަރުކުރުން
2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހަތަރު ސަޕޯޓަރަކަށް އަމާޒުކޮށް ބަޑިޖަހައި މަރާލުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުރި ކަމަށް ބުނެ، އެކަމަނާގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.
‘ޕަދްމާ ބްރިޖް ގްރާފްޓް ސްކޭންޑަލް’ ގައި އެކަމަނާ އުޅުއްވި ކަމަށާއި ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްގެ ބަދަލުގައި ކެނެޑާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ‘އެސްއެންސީ-ލަވާލިން’ އިން ބޮޑު އަދަދެއްގެ ފައިސާގެ ލޯނެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް ފަހުން އެ ތުހުމަތުތަކަކީ ދޮގު އަދި ބޭކާރު ތުހުމަތުތަކެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ޝެއިޚް ހަސީނާ ހައްޔަރުކުރުން
އޭގެ ފަހުން ކޮރަޕްޝަނުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ވޯލްޑް ބޭންކުން ވަނީ ބަންގްލަދޭޝްގެ އެންމެ ބޮޑު ބްރިޖް އެޅުމުގެ މަސައްކަތް ކެންސަލް ކޮށްލައި، ޕަދްމާ ކޯރުގެ މަތިން އަޅާފައިވާ ރޯޑް-ރެއިލް ބްރިޖަކަށް 1.2 ބިލިއަން ޑޮލަރު (764 މިލިއަން ޕައުންޑް) ގެ ކްރެޑިޓެއްވެސް ކެންސަލްކޮށްފަ އެވެ. އަދި އެކަމުގެ ދައުވާތައް ހަސީނާއާއި ދެކޮޅަށް އުފުލާފައެވެ. ނަމަވެސް 2017 ވަނަ އަހަރު އޮންޓާރިއޯ ސުޕީރިއާ ކޯޓުގެ ފަނޑިޔާރަކު ވަނީ ރިޝްވަތުގެ މި ދައުވާތައް ބޭރުކޮށްލާފައެވެ.
ފެކްޓްސް
2004 ވަނަ އަހަރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހަސީނާ ހުންނަވަނިކޮށް، 2004 ވަނަ އަހަރު، ހަތިޔާރު ބޭނުންކޮށްގެން ދިން ބަޑީގެ ހަމަލާއެއްގައި، އަވާމީ ލީގުގެ 21 މެމްބަރަކު މަރުވުން.
ބައްޕާފުޅުގެ ސިޔާސީ މުއާމަލާތްތަކުގެ ސަބަބުން ޖަލުގައި ބަންދުކުރުމުގެ ސަބަބުން އެކަމަނާ ބިރުވެރިކަމެއްގެ ތެރޭގައި ދިރިއުޅުއްވުމަށްޖެހުމާއި، އެކަމަނާއަށް ސްކޫލަށް ވަޑައިނުގެންނެވޭ ގޮތްވުން.
ހަސީނާ ވަނީ ބަންގްލަދޭޝްގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅު “ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާން މެމޯރިއަލް މިއުޒިއަމް” ދާރުލްއާސާރަކަށް ބަދަލުކުރައްވާފައި.
ބަންގަބަންދު ޝައިޚް މުޖީބުއްރަހްމާން މެމޯރިއަލް މިއުޒިއަމްގައި ޝައިޚް ހަސީނާ.
“ދަ ފާދަރ އޮފް ދަ ނޭޝަން ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާން މެމޯރިއަލް ޓްރަސްޓް” ގެ މަޤްޞަދަކީ ބޭނުންޖެހިފައިވާ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް އެހީތެރިވެދިނުން.
ލިޔުއްވި ބައެއް ފޮތްތައް:
އެކަމަނާއަކީ “ކީއްވެ އެމީހުން ސްޓްރީޓް ޗިލްޑްރަން”، “ދަ އޮރިޖިން އޮފް އޮޓޮކްރަސީ”، “މައިލްސް ޓު ގޯ އޮފް ފަގީރުކަމާއި ބައެއް ޚިޔާލުތައް” ، “ޕީޕަލް އެންޑް ޑިމޮކްރަސީ”، “މައި ޑްރީމް މައި ސްޓްރަގަލް” އަދި “ޑިވެލޮޕްމަންޓް ފޯ ދަ ޕީޕަލް” ފަދަ އެތައް ފޮތެއް ލިޔުއްވި ބޭކަނބަލެކެވެ.
މިހާތަނަށް އެކަމަނާގެ އެންމެ ބޮޑު ވާދަވެރިޔާއަކީ ބަނގްލަދޭޝްގެ ނޭޝަނަލް ޕާޓީގެ ‘ޚާލިދާ ޒިޔާ’ ކަމަށް ބެލެވޭއިރު، އެކަމަނާއަށް އިޝާރާތް ކުރަނީ ބަންގްލަދޭޝްގެ ހަނގުރާމަ ކުރާ މީހެއްގެ ގޮތުގައި ކަމަށް ވެއެވެ.
2018 ވަނަ އަހަރު “ދަ ވޯލްޑްސް 100 މޯސްޓް ޕަވަރފުލް” ގެ ފޯރބްސް ލިސްޓުގެ 26 ވަނައިގައި ވެސް ޝައިޚް ހަސީނާ ވަނީ ހިމެނިފައެވެ.
ނިމުނީ
ރިފަރެންސް:
ވިކީ ބައޯ – ޝައިޚް ހަސީނާ
https://wikibio.in/sheikh-hasina/


މުޑުދާރު އަންހެނެއް! ކިތައް ދީނީ ޢިލްމުވެރިން މާރާލައިފިތޯ؟ ކިތައް ޢިލްމުވެރިންނަށް ޖަލުގައި ނުޙައްގު އަދަބު ދިފިތޯ؟ ކުށެއްނެތް ކިތައް މިހުން މަރައިފިތޯ؟ ވެރިކަމަށް އަތުވެދާނެ ކަމަށް ހީވާކޮންމެ ފިރިހެނަކު އަނިޔާވެރި ގޮތުގައި މަރާލާ!
“ކީއްވެ އެމީހުން ސްޓްރީޓް ޗިލްޑްރަން”
“މައިލްސް ޓު ގޯ އޮފް ފަގީރުކަމާއި ބައެއް ޚިޔާލުތައް”
ފޮތް ފޮތުގެ ނަން ލިޔާއިރުވެސް ދެބައިކުޅެ އެއްބައި ތަރުޖަމާކޮށްފަތޯ ލިޔަންޖެހެނީ؟ ނޫސްވެރިން ވެއްޖެ ނޫންތޯ ދިވެހިބަހަށް ތަންކޮޅެއް އަހުލުވެރިވާން.
ކުރީ ދުވަހެއްގައި ޕްރީތީ ޒިންތާގެ ފިރިމީހާގެ ނަން “ޖީން ގުޑްއިނަފް” ލިޔެފައި އޮތީ “ޖީން ގުޑްފުދޭ”