ޚަބަރު

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ނޮވެމްބަރުގައި ހުށަހެޅި – ޖެންޑަރ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ހުސްވި ނޮވެންބަރު ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން ނޮވެންބަރު 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނޮވެންބަރު 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުނު މައްސަލަތަކާއި، ތަފްޞީލްތައް:


ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ ނޮވެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ހުށަހެޅިފައިވެއެވެ.

ޢާއިލީ މައްސަލަތައް

ޢާއިލީ 26 މައްސަލަ ނޮވެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ ނޮވެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައެވެ.
މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 08 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 01 މައްސަލަ އަދި ފާރަލުމުގެ 01 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލަ ނޮވެންބަރުމަހު ވަނީ ހުށަހަޅައިފައެވެ.
މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 08 މައްސަލަ، ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 07 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 02 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 13 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 02 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 08 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 03 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 05 މައްސަލަ ނޮވެންބަރުމަހު ވަނީ ރިޕޯޓުކޮށްފައެވެ.
އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 02 މައްސަލަ، ތަޢުލީމަށް ހުރަސްއެޅުމުގެ 02 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 01 މައްސަލައެވެ.

ޤާނޫނާއި ގަވާއިދާ ހިލާފަވުން

ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 05 މައްސަލަ ނޮވެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އެއީ މާރާމާރީ ހިންގައިގެން 04 މައްސަލަ އަދި އިތުރު 01 މައްސަލަ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

ނޮވެންބަރުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 208 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close