ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވިވެ އެންމެ އިސްކޮށްހުރި އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީނާ މި ބޮން ގޮއްވާލާފައިވަނީ އެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.
މި މައްސަލާގައި ދައުލަތުން އަދުހަމުގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އޭނާ ވަނީ އެކުށްތަކަށް އަމިއްލައަށް އިއުތިރާފުވެފައެވެ.
މި މައްސަލަ ބެއްލެވި ތިން ގާޒީންގެ ބެންޗުން ކަނޑައެޅީ އަދުހަމް ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. އަދި އެނާގެ މައްޗަށް 23 އަހަރާއި 6 މަހާއި 9 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ. އެހެންނަމަވެސް އަދުހަމް ޖަލުގައި ހޭދަކުރަންޖެހޭނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ. އެއީ މި މައްސަލައިގެ ހުކުމްކުރުމާއި ހަމައަށް ޖަލުގައި އޭނާ ހޭދަކުރި ދުވަސްތައް ކެނޑުމަށްފަހުއެވެ.
މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީވަނީ އަދުހަމް ވެފައިވާ އިއުތިރާފު އަނބުރާ ގެންދަން ބޭނުންތޯ ސުވާލުކުރައްވާފައެވެ. އެހެންނަމަވެސް އަދުހަމް ބުނީ އެނާ ވީ އިއުތިރާފު ގެންދަން ބޭނުން ނުވާކަމަށާއި އޭނާ ކޮށްފައިވަނީ ކުށެއްކަމަށް އެނާ ގަބޫލުކުރާކަމަށެވެ.
ރައީސް ނަޝީދަށް ދީފައިވާ ޙަމަލާއަކީ، އޭނާއަށް ކުރެވުނު ކުށެއްކަމަށާއި، އެ އަމަލު ހިންގުނީ ދީނީ ގޮތުން އޭނާއަށް ގަބޫލު ކުރެވުނު ކަންތައްތަކަކާ އިގުޅިގެންކަމަށްވެސް އަދުހަމްވަނީ ޝަރީއަތުގައި ވަނީ ބުނެފައެވެ. އަދި އޭނާ ވަނީ ރައީސް ނަޝީދާއި އެ ހަމަލާގައިއަނިޔާ ލިބުނު މީހުންނާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އަދި މިފަދަ ކަމެއް ދެން އޭނާގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ކޯޓުގައި އަދުހަމް ދިނެވެ.


Adu ehin mihamalaa aky Raees Nasheed ge edhumakah Aduham ah dhin deal ekey. Adhi court gai Aduham ebbasveeves kurinves reyvifaivaaa gothashey. Namaves Aduham ah dhinkamah bunaaa 3 million dollar veethaneh neyge. Dhinkameh adhi nudhey kamevves.