ޚަބަރު ހެރިޓޭޖް މިނިސްޓްރީ އަށާއި، ޔޫތު މިނިސްޓްރީއަށް އިތުރު ޑިރެކްޓަރުން އައްޔަނު ކުރައްވައިފި

ހެރިޓޭޖް މިނިސްޓްރީ އަށާއި، ޔޫތު މިނިސްޓްރީއަށް އިތުރު ޑިރެކްޓަރުން އައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހެރިޓޭޖް މިނިސްޓްރީ އަށާއި، ޔޫތު މިނިސްޓްރީއަށް އިތުރު ޑިރެކްޓަރުން އައްޔަނު ކުރައްވައިފިއެވެ.

އެދެ މިނިސްޓްރީއަށް ހަމަޖެއްސެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދަލަތު ޕާޓީއާއި، އެމްއާރުއެމްއަށް ނިސްބަތްވާ ދެ ބޭފުޅެކެވެ.

އެގޮތުން ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ތޫބާ ރަޝީދު އެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކޮށްފައެވެ.

ދެން ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމަށް ހަމަޖެއްސެވީ އެމްއެއާރްއެމްގެ ޢަލީ ޠާއިފްއެވެ.

މި ދެމަޤާމަށްވެސް މިބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 18،000ރ. ލިބޭނެއެވެ. އެއީ މުސާރައިގެ ގޮތުގައި ދޭ 11،000ރ. އާއި 7،000ރ. ގެ އެލަވަންސެކެވެ.

މިސަރުކާރުގެ ސިޔާސީ މަޤާމުތައް ކުރީ ސަރުކާރަށްވުރެ އިތުރުކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައިވެސް ސިޔާސީ މަޤާމުތަކަށް 350 އެއްހާ މަޤާމު އިތުރު ކުރުމަށް 402 މިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވާކަން ބައެއް މެންބަރުން ފާހަގަކޮށްފައިވެއެވެ.

ޓެގް

ހެރިޓޭޖް ޔޫތުމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.