ކޮވިޑްގެ އާ ވޭރިއަންޓްތައް އުފަންވަނީ ވެކްސިން ކަވަރޭޖް ދަށްވެގެންތަ؟ މިއޮތީ ސައިންސްގެ ޖަވާބު
އޮމިކްރޯން ފަދަ ކޮވިޑް އާ ވޭރިއަންޓްތައް ގުޅިފައިވަނީ ދަށްފެންވަރުގެ ވެކްސިން ކަވަރޭޖާ ހެއްޔެވެ؟ ސައިންސް ގެ އަލީގައި ބުނާ އެއްޗެއް ބަލަމާ ހިނގާށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަންބޮޑުވާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން އުފެދުމުގެ ސަބަބުން، ވެކްސިން ދިނުމާއި، ވައިރަސް މިއުޓޭޝަން އަދި އާ ވައިރަސް ސްޓްރެއިންތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ދެކެވެމުންދާ ވާހަކަތަކަށް އަލުން އާ ރޯކަމެއް އައިސްފައިވާ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ޤަބޫލު ކުރެވެމުންނެވެ.
ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އާ ސްޓްރެއިންއެއް އުފެދުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެކްސިން ކަވަރޭޖް ދަށްވުމުގެ ނަތީޖާއަކަށް ވެދާނެ އެވެ.
އެހެންވީމަ އާ ވައިރަސް ވޭރިއަންޓްތައް އުފެދެނީ ކިހިނެއް؟ ވެކްސިން އަދާކުރަނީ ކޮން ދައުރެއް؟ އެ ގުޅުން އަދިވެސް ސާފު ނުވި ނަމަވެސް މިހާތަނަށް އެނގޭ އެއްކަމެއް އެބައޮތެވެ.
ރީޕްރޮޑަކްޝަން ގެ ތެރޭގައި ޤުދުރަތީ ގޮތުން ވައިރަސްތައް ބަދަލުވެގެން ދޭތަ؟
ވައިރަހަކީ އޭގެ އެންމެ އާދައިގެ ދިރުންތަކެވެ. އަދި މައިގަނޑު ގޮތެއްގައި އޭގައި މައިގަނޑު ދެ ބައެއް އެކުލެވިގެންވެއެވެ.
(1) ރީޕްރޮޑަކްޝަން (ޑީ.އެން.އޭ ނުވަތަ އާރް.އެން.އޭ އިން ހަދާފައިވާ)
(2) ޕްރޮޓީން ތަކުގެ ސަބަބުން ވައިރަސް ސެލްތަކަށް ވަދެ، އެސެލްތައް މައްޗަށް ގޮސް، ރެޕްލިކޭޓް ކުރަން ފެށުން.
އިންފެކްޝަނެއް ޖެހުމަށް ސާރސް-ކޯވީ-2 ވައިރަސް ގެ މަދު ވައިރަހެއް ނޫނީ ބޭނުން ނުވާއިރު، އިންސާނެއްގެ ފުއްޕާމޭގައި އަށަގަންނަ ވައިރަސް ގެ ރެޕްލިކޭޝަނަކީ އެކްސްޕްލޯސިވް އެވެ. އެތައް މިލިއަން ވައިރަސް ޕާޓިކަލްތަކެއް އެންމެ ފަހުން އުފައްދައި، އޭގެ ތެރެއިން ބައެއް ވައިރަސްތައް އެހެން ހޯސްޓަކަށް އިންފެކްޓް ކުރުމަށް ބޭރުކުރެ އެވެ.
މުހިންމު ކަމަކީ، ވައިރަސްގެ އާރްއެންއޭ ޑުޕްލިކޭޓް ކުރުމުގެ ޕްރޮސެސް ފުރިހަމަ ނުވާ ކަމެވެ. އެންމެ ފަހުން، ވައިރަސްތައް އިތުރުވަމުން އަންނަ ޕޫލްގައި އޮޅުންތަކެއް ޖަމާވެ، ވައިރަސްވޭރިއަންޓްގެ ގޮތުގައި އަޅުގަނޑުމެން ނަށް ފާހަގަކުރެވޭ ކަންތައްތައް މެދުވެރިކުރުވައެވެ.
ސާސް-ކޯވް-2 ވޭރިއަންޓް ވައިރަހަކީ ކޮބާ؟ އަދި އޭގެ ތެރެއިން ބައެއް ވޭރިއަންޓްތަކާ މެދު ކަންބޮޑުވަނީ ކީއްވެ؟
އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސްތައް ފެތުރޭއިރު، ބައެއް އާ ވޭރިއަންޓްތައް ސެލްތަކަށް ވަންނައިރު ނުވަތަ އެހެން ވޭރިއަންޓްތަކަށް ވުރެ ޑުޕްލިކޭޓް ވުން ރަނގަޅުވާނެ އެވެ.
މި ހާލަތްތަކުގައި “ފިޓަރ” ވޭރިއަންޓްތައް ވެރިކަމާ ހަވާލުވެ، އާބާދީއެއްގެ ތެރޭގައި ތަކުރާރުވާ މައި ވައިރަސްއަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
މި ބަލިމަޑުކަމުގެ ތެރޭގައި، އެތައް ފަހަރަކު މިކަން ހިނގާފައި ވެއެވެ.
2019 ވަނަ އަހަރު ވޫހާންއިން ފެނުނު ސާރސް-ކޯވް-2 ވައިރަހުގެ އަސްލު ބަދަލުގައި ޑީ614ޖީ ނަމަކަށް ކިޔާ ވޭރިއަންޓެއް، އޭގެ ފަހުން އަލްފާ ވޭރިއަންޓް އަދި މިހާރު ޑެލްޓާ ވޭރިއަންޓް ވަނީ ބަދަލުކޮށްފައެވެ.
ސާސް-ކޯވް-2 ޖެހިފައިވާ ކޮންމެ ފަހަރަކު، މި ވައިރަސް ގެ ސަބަބުން އިތުރު ފިޓް ވޭރިއަންޓެއް އުފަންވުމުގެ ފުރުސަތު އޮންނައިރު، އޭގެ ފަހުން އެހެން މީހުންނަށް ވެސް މި ވޭރިއަންޓް ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ވައިރަސް ބަދަލުވާ ވަރަކަށް ވެކްސިންތައް ހިފަހައްޓާނީ ކިހިނެއް؟
މިހާރުގެ ވެކްސިންތަކަކީ އަދިވެސް ސާސް-ކޯވް-2 ވޭރިއަންޓްތަކާ ދެކޮޅަށް ވަރަށް އެފެކްޓިވް ވެކްސިންތަކެކެވެ. އޭގެ ތެރޭގައި ޑެލްޓާ ސްޓްރެއިން ވެސް ހިމެނެއެވެ. އެއީ މި ވެކްސިންތައް ވައިރަސްގެ މުޅި “ސްޕައިކް” ޕްރޮޓީންއަށް ޓާގެޓްކުރާތީ، މިއީ ވޭރިއަންޓްތަކުގެ އެކި ހިސާބުތަކަށް އަންނަ ބަދަލުތަކާ އަޅާބަލާއިރު ނިސްބަތުން މަދު ޕްރޮޓީންއެއް ކަމަށް ވާތީއެވެ.
އެގޮތުން ސާސް-ކޯވީ-2 ގެ ބައެއް ވޭރިއަންޓްތައް (ބީޓާ، ގަމާ، ލަމްބާޑާ އަދި މު) ވެކްސިން ދިނުމުން “ފިލައިގެން” އުޅޭ ކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފައެވެ. މީގެ މާނައަކީ އިމިއުން ސިސްޓަމް ވޭރިއަންޓް ވައިރަސްގެ އިތުރުން އަސްލު ސްޓްރެއިން ދެނެގަތުމަށް ނުކުޅެދި، އޭގެ ސަބަބުން ވެކްސިން ދިނުމުގެ އިފެކްޓިވްކަން ދަށްކޮށްދޭ ކަމެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް މިފަދަ “އިމިއުން އެސްކޭޕް” ސްޓްރެއިންތަކުގެ ސަބަބުން ދުނިޔެއަށް ކުރާ އަސަރު ވަނީ ލިމިޓްކޮށްފަ އެވެ. މިސާލަކަށް އިމިއުން އެސްކޭޕްގެ އެންމެ މަތީ މިންވަރު ދައްކުވައިދޭ ބީޓާ ވޭރިއަންޓް، އަސްލު ދުނިޔޭގައި ޑެލްޓާއާ ވާދަކޮށް އައުޓް-ކޮމްޕެޓިޝަން ކުރެވިފައެއް ނުވެއެވެ.
ވެކްސިން ދޭ ރޭޓް ދަށްވުމަކީ އާ ވައިރަސް ވޭރިއަންޓް ތައް އުފެއްދުމުގެ ނުރައްކާ އޮތް ކަމެއްތަ؟
މިވަގުތަށް ބަލާއިރު، ވެކްސިން ކަވަރޭޖާއި، ސާސް-ކޯވް-2 ގެ އާ ވޭރިއަންޓާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނުވެއެވެ.
އާ ވޭރިއަންޓް ތައް އުފެއްދުމަށް މަގުފަހި ވެދާނެ މައިގަނޑު ދެ ކަމެއް ވެއެވެ.
ފުރަތަމަ ކަމަކަށް، ވެކްސިން ކަވަރޭޖް މަދުވުމަކީ، މުޖުތަމައެއްގެ ތެރޭގައި ޓްރާންސްމިޝަން އަށް ފުރުސަތު ދީގެން އާ ވޭރިއަންޓްގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ.

މި ހާލަތުގައި ހައި ވައިރަލް ރެޕްލިކޭޝަނާއި މީހާގެ ގައިން ގަޔަށް ފެތުރޭ ޓްރާންސްމިޝަންގެ ސަބަބުން ވައިރަސް މިއުޓޭޓްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އޭގެ ބަދަލުގައި، ވެކްސިން ދޭ ރޭޓް ތައް މަތިވަމުން އަންނަ އިރު، ކާމިޔާބު ކަމާ އެކު މީހުންނަށް އިންފެކްޓް ކުރެވޭނެ ހަމައެކަނި ވައިރަސްތަކަކީ، ވެކްސިންގެ ހިމާޔަތުން މަދުވެގެން ބައިކުޅަ ބައި ފިލައިގެން ދާނެ ވޭރިއަންޓްތަކަކަށް ވާނެ އެވެ.
މި ސިނޭރިއޯގައި، ރޯގާއާ އެއްފަދައިން، ވައިރަސްކޮންޓްރޯލް ކުރުމަށް، ދިގު މުއްދަތުގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި މެދުނުކެނޑި ސަރވެއިލަންސް މަސައްކަތްތަކާއި، އާ ވެކްސިންތައް ވެސް ބޭނުންވެދާނެއެވެ.
މި ދެ ގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް ކޮވިޑް-19 އާ އެކު، އާ ސްޓްރެއިންތައް އަދިވެސް ދާނީ ގޮންޖެހުމަކަށް ކަމަށް ލަފާކުރަން ޖެހެ އެވެ. މި ރިސްކު ފޫބެއްދުމަށްޓަކައި ވަރަށް ފަރުވާތެރިކަމާއި، ޙަރަކާތްތެރި މެނޭޖްމަންޓެއް ބޭނުންވާނެއެވެ.
އެހެންކަމުން އޮމިކްރޯން އައީ ކޮންތާކުން ހެއްޔެވެ؟
ކަންބޮޑުވާ އާ ވައްތަރެއް ކަމަށްވާ އޮމިކްރޯން އާ ބެހޭ ގޮތުން ދާދި ފަހުން ފެންމަތިވި ރިޕޯޓްތަކުގެ ސަބަބުން ދުނިޔޭގެ އެލާމް ބެލްސް އުފުލިއްޖެ އެވެ.
ދެކުނު އެފްރިކާގެ ސައިންސްވެރިންގެ ހީވާގި މަސައްކަތުން ފެނުނު ވައިރަސް ސީކުއެންސިން އޮމިކްރޯންގައި ހަމައެކަނި ސްޕައިކް ޕްރޮޓީންއަށް ހީވެސް ނުކުރާހާ 32 ބަދަލެއް ގެނެސްދެއެވެ. އޭގެ ތެރޭގައި ޓްރާންސްމިޝަން އިތުރުކޮށް އިމިއުނިޓީ އިން ސަލާމަތްވުމަށް ކުރެވިދާނެ މިއުޓޭޝަންތައް ހިމެނެ އެވެ.
އެހެންވެ، މިހާރު ހުރި ވެކްސިންތަކުގެ އިފެކްޓިވްނަސް ދަށްވެ އޮމައިކްރޯން ހަލުވިކަމާއެކު ފެތުރި، މަދުވެދާނެ ކަމުގެ ބިރު އެބައޮތެވެ.
ދެކުނު އެފްރިކާގައި ވެކްސިން ކަވަރޭޖް ދަށް (އާބާދީގެ ނިސްބަތުން އިންފެކްޝަންގެ ސަބަބުން މަތީ ފަންތީގެ އިމިއުނިޓީ ލިބުނު ނަމަވެސް) ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ކޮވިޑް ވެކްސިން ސަޕްލައި ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ހުރި ނުތަނަވަސްކަން އޮމިކްރޯން އުފެދުމުގެ ޒިންމާ އުފުލަން ޖެހިދާނެ އެވެ.
ނަމަވެސް އޮމައިކްރޯންގައި ހުރި ފުޅާ މިއުޓޭޝަންތައް ވެސް ވައިރަސް ބަދަލުވަމުން އަންނަ ޒަމާނާ އެއްގޮތް ވަނީ، ކޮމްޕްރޮމައިޒްޑް އިމިއުން ސިސްޓަމެއް ހުންނަ މީހެއްގެ ގައިގައި ތަކުރާރުކޮށް ވައިރަސް ތަކުރާރުވާތީ އެވެ.
މިފަދަ ހައި މިއުޓޭޓްވެފައިވާ ވޭރިއަންޓްތަކަކީ މީގެ ކުރިން ވެސް ބަޔާންކޮށްފައިވާ ވޭރިއަންޓްތަކެއް ނަމަވެސް އާންމު ގޮތެއްގައި މި ވޭރިއަންޓްތައް މާ ބޮޑަށް ފެތުރިފައެއް ނުވެ އެވެ.
ގްލޯބަލް ވެކްސިން ކަވަރޭޖްގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ފައިދާކުރޭތަ؟

ސަޕްލައި އިތުރުކޮށް، ހަމަހަމަ ކަމާއެކު ޑިސްޓްރިބިއުޝަން ކަށަވަރުކޮށް، ހީލަތްތެރިކަމާއި، އޮޅުވާލުންތަކާ ދެކޮޅަށް މަސައްކަތްކޮށްގެން ދުނިޔޭގެ ފެންވަރުގައި ވެކްސިން ކަވަރޭޖް ފުޅާކުރުމަކީ އަދިވެސް ނުހަނު ނާޒުކު ކަމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަހުގެ ސަބަބުން، ވައިރަލް އެވޮލިއުޝަން ލިމިޓްކުރެވި، އިމިއުނޯކޮމްޕްރޮމައިޒްޑް މީހުން ރައްކާތެރިކުރެވި، މިއުޓޭޓްވެފައިވާ ވައިރަސްތައް ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.
ދުނިޔޭގެ މުޖުތަމަޢު މިހާރު ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމުން، މި ބަލިމަޑުކަމުގެ ނުރައްކަލާ ކުރިމަތިލުމުގައި، ބައިނަލްއަޤްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ އޮނިގަނޑެއް އެކަށައަޅައި، ރައްޔިތުން ރައްކާތެރިކުރުމަށް ޤައުމުތަކުން މަސައްކަތް ކުރާން ޖެހެއެވެ.


