ޚަބަރު

ވައިނުސާފުވުމުގެ ސަބަބުން ދިއްލީގައި ކޮންސްޓްރަކްޝަން މަސައްކަތް ތައް ކުރުން އަނެއްކާވެސް މަނާކޮށްފި

ވައިތަޣައްޔަރު ވުމުގެ ސަބަބުން ދިއްލީގައި ކޮންސްޓްރަކްޝަން ކުރުމުގެ މަސައްކަތްތައް އަނެއްކާވެސް މަނާކޮށްފިއެވެ.  

ދިއްލީގެ ތިމާވެއްޓާ ބެހޭ ވަޒީރު ގޯޕާލް ރާއީ ބުރާސްފަތި ދުވަހު ވިދާޅުވީ، މިދިޔަ ތިން ހަތަރު ދުވަހާ އަޅާބަލާއިރު، ވައި ތަޣައްޔަރުވާ މިންވަރު މިއަދު އަނެއްކާވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހާލަތާއި ސުޕްރީމް ކޯޓުގެ އަމުރަށް ރިއާޔަތްކޮށް، އިމާރާތްކުރުމުގެ ހަރަކާތްތައް ހިންގުން އަލުން މަނާކޮށްފައިވާ ކަމަށެވެ.

ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑް (ސީޕީސީބީ)ގެ ޑޭޓާތަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި އޭކިއުއައި ހުރީ 390 ގަޑި އިރަށް ވުރެ މަތީގައިއެވެ.  ވެރިރަށުގެ ވައިގެ ކޮލިޓީ އަދިވެސް ހުރީ ‘ވަރަށް ދަށް’ ކެޓަގަރީގަ އެވެ. ބުދަ ދުވަހު އެ ސިޓީގެ 24 ގަޑިއިރު ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 361 ގަ އެވެ. އަވަށްޓެރި ފަރީދާބާދު (394)، ގާޒިއާބާދު (362)، ގުރޫގްރާމް (322) އަދި ނޮއިޑާ (330) ވެސް ވަނީ ‘ވަރަށް ދަށް’ ކެޓަގަރީގައި ވައިގެ ކޮލިޓީ ރެކޯޑް ކޮށްފައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނި ގޮތުގައި ވެރިރަށް ދިއްލީގައި އެންމެ މަދުން ފިނިހޫނުމިން ހުރީ 9.7 ޑިގްރީ ސެލްސިއަސްގަ އެވެ.

އެންމެ ހޫނުމިން 28 ޑިގްރީ ސެލްސިއަސްއަށް އެރުމުގެ ފުރުސަތު އޮތް އިރު، މޫސުމާ ބެހޭ އިދާރާއިން ހެނދުނު 8.30 ގައި ރެކޯޑް ކޮށްފައިވާ ހިއުމިޑިޓީ ހުރީ 95 ޕަސެންޓުގަ އެވެ. މޫސުމާ ބެހޭ އިދާރާއިންވަނީ ބުރާސްފަތި ދުވަހު ދިއްލީއަށް “މައިގަނޑު ގޮތެއްގައި އުދުމަތި ސާފު” ވާނެކަމަށް އަންދާޒާ ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close