ޚަބަރު މޯދީއަށް ޕްރެޝަރ ކުރުމަށް އިންޑިއާގެ ދަނޑުވެރިން ބޮޑު އެއްވުމެއް ބާއްވައިފި

މޯދީއަށް ޕްރެޝަރ ކުރުމަށް އިންޑިއާގެ ދަނޑުވެރިން ބޮޑު އެއްވުމެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިއު ދިއްލީ (ނޮވެމްބަރު 22) – ދަނޑުވެރިކަމުގެ އިސްލާހީ ގާނޫނުތައް އުވާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ގުޅިގެން، އިންޑިއާގެ ދަނޑުވެރިން ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ދަނޑުވެރިން ފެށި މުޒާހަރާގެ ހަރަކާތަކީ ހިންދޫ ނޭޝަނަލިސްޓް ސަރުކާރަށް ކުރިމަތިވި އެންމެ ސީރިއަސް ސިޔާސީ ގޮންޖެހުމަށް ވެގެން ދިޔަ އިރު، އޭގެ ނަތީޖާއަކަށްވީ ހުކުރު ދުވަހު މޯދީ ކުއްލި ވައުދެއް ވެވަޑައިގެން އިސްލާހީ ބަދަލުތައް އަނބުރާ ގެންނެވުމެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޯގައި އެންމެ ފަހުން ބޭއްވި އެއްވުމަށް އެތައް ހާސް ބަޔަކު ޖަމާވިއިރު، އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ސްޓޭޓް ތަކުގެ އިންތިޚާބުތަކުގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީން ވެރިކަން ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ބީޖޭޕީ) އިން ވަނީ ބުނެފައެވެ.

2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެތައް ހާސް ދަނޑުވެރިންނެއް ވަނީ އިސްލާހީ ބަދަލުތައް އަނބުރާ ގެނައުމަށް މޯދީއަށް ޕްރެޝަރު ކުރުމުގެ ގޮތުން ބޮޑު މުޒާހަރާއެއްގެ ތެރެއިން ނިއު ދިއްލީގެ އައްސޭރިފަށުގައި ކޭމްޕް ކޮށްފައެވެ.

ދަނޑުވެރިން އުފައްދާ ގޮވާމުގެ އެންމެ ކުޑަ އަގު ކަށަވަރުކޮށްދޭނެ ގާނޫނެއް ތައާރަފުކުރާނެ ކަމަށް ސަރުކާރުން ވައުދުވުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އެ މީހުންގެ ލީޑަރުން ވަނީ ދީފައެވެ.

މިދިޔަ އާދީއްތަ ދުވަހު މޯދީއަށް އެޑްރެސްކޮށް ދަނޑުވެރިންގެ މައި އިދާރާއިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ “ޕްރޮޑަކްޝަންގެ ވަށާޖެހޭ އަގުގެ މައްޗަށް ބިނާކޮށް، މިނިމަމް ސަޕޯޓް ޕްރައިސް އަކީ ހުރިހާ ދަނޑުވެރިންނަށް ވެސް ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތަކަކަށް ހަދަން ޖެހޭ” ކަމަށެވެ.

ދަނޑުވެރިން ވަނީ، މައިގަނޑު ގޮތެއްގައި އިރިގޭޝަނަށް ބޭނުންކުރާ ކަރަންޓް ނުވަތަ ސަބްސިޑީ ގެ ހައްގު، ސްޓޭޓް ތަކުގެ ސަރުކާރުތަކުން އަނބުރާ ގެންގޮސްފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ކަރަންޓް ބިލްގެ ޑްރާފްޓެއް އަނބުރާ ނެގުމަށް ވެސް ފެޑެރަލް ސަރުކާރަށް އެދިފައެވެ.

އިންޑިއާގެ ގްރެއިން ބެލްޓްގެ ބައެއް ކަމަށްވާ ޕަންޖާބުގެ އުތުރުގެ ސްޓޭޓުން ދަނޑުވެރިކަމުގެ ސިނާއަތަށް ހިލޭ ކަރަންޓް ދޭއިރު، ބައެއް ސްޓޭޓްތަކުން ދަނޑުވެރިންނަށް ކަރަންޓް ސަބްސިޑައިޒް ކޮށްދެއެވެ.

ޓެގް

ދަނޑުވެރިކަން ދަނޑުވެރިން މޯދީ އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.