ޚަބަރު

ސެލް ފޯން ރޭޑިއޭޝަންއަކީ އިންސާނީ ނުރައްކަލެއް! ރައްކާތެރިވާނީ ކިހިނެތް؟

މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާނެވެ. ސެލް ފޯނަކީ ޒަމާނީ ސައިންސްގެ އެންމެ މަޤުބޫލް އެއް އީޖާދެވެ. ސެލް ފޯން މެދުވެރިކޮށް އެހެން މީހުންނާ މުއާމަލާތް ކުރުން މުހިންމެވެ. މޮބައިލް ޑިވައިސްތައް މެދުވެރިކޮށް އެހެން މީހުންނާ މުއާމަލާތް ކުރަން އެންމެ ފަސޭހަ އެއް ގޮތަކީ އެއީ އެވެ. ސެލްފޯން މިހާ މަޤުބޫލު އެއްޗަކަށްވީ އެހެންވެ ކަމުގައި ބެލެވިދާނެއެވެ.

މޯބައިލް ފޯނަކާ ނުލައި، ދިރިއުޅުމަކީ ނާދިރު ކަމެކެވެ. އެކަމަކު އެ ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ހުރި ނުރައްކަލުގެ އިތުރުން ތިމާމީހާއަށްވެސް މޮބައިލް ވެފައި މިވަނީ އިންސާނީ ނުރައްކަލަކަށެވެ.  

ސެލް ފޯން ރޭޑިއޭޝަން އަކީ ނޮން-އައޮނައިޒް ކުރެވޭ ރޭޑިއޭޝަން އެކެވެ. އެހެންކަމުން އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހޫނުކަމެއް އުފައްދައި، ހޫނުގެ ސަބަބުން އިންސާނާގެ ދިރޭ ސެލްތައް މަރުވެއެވެ. ސެލް ފޯން ނެޓްވޯކް ޓަވަރުގެ ރޭޑިއޭޝަން އަކީ ގަސްގަހާ ގެއްސާއި، ޖަނަވާރުތަކަށްވެސް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ހަމައެކަނި އަޅުގަނޑުމެންގެ ތިމާވެށި އެކަންޏެއް ނޫނެވެ. ކުރިންވެސް ދެންނެވުނު ފަދައިން އޭގެން ބޭރުވާ ރޭޑިއޭޝަން އަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި އެއްޗެކެވެ.

ގެއްލުން: ރޭޑިއޭޝަންގެ ސަބަބުން ހަކުރު ބައްޔާއި، ކްރޭނޭ ޓިއުމަރ އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ އެއްވެސް ބާވަތެއްގެ ރޭޑިއޭޝަންއަކީ އަޅުގަނޑުމެންގެ އިންސާނުންގެ ހަށިގަނޑަށާއި އަޅުގަނޑުމެންގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދޭނެ އެއްޗެކެވެ. ނަމަވެސް ސެލް ފޯން އެއީ މިއަދު އެ ބޭނުން ނުކޮށް ވާންނެއް ވަޞީލަތެކެވެ. އެހެންކަމުން އެ ބޭނުން ކުރުމުގައި އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ސަލާމަތާއި، ރައްކާތެރިކަމަށް ސަމާލުވާން ވާނެއެވެ.

ސެލް ފޯން ރޭޑިއޭޝަންގެ ނުބައި އަސަރުން ތިމާވެއްޓާއި އިންސާނީ ތަހުޒީބަށް ހުރަސް އަޅައެވެ.

ސެލް ފޯން ރޭޑިއޭޝަންއިން ސަލާމަތްވެވޭނެ ގޮތްތައް.

1. އަބަދުވެސް ނެޓްވޯކް ޓަވަރުން ދުރުގައި ބެހެއްޓުން.

މޯބައިލް ޓަވަރުތައް ބަހައްޓަންވާނީ މީހުން އުޅޭ ސަރަޙައްދާ ވަރަށް ދުރުގައެވެ. އެކަމަކު މިހާރު ގޭގެ ވަށައިގެން ވެސް ފެންނަނީ އެފަދަ ޓަވަރުތައް އުސްއިމާރާތްތަކަށް ނަގާފާ ހުންނަތަނެވެ. އެހެންކަމުން ނެޓްވޯކް ޓަވަރުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު އަބަދުވެސް އިމާރާތުގެ މީހުންނަށް ކުރެ އެވެ. އެހެންވީމާ، ދިރިއުޅޭ ސަރަޙައްދާ ވީހާވެސް ދުރުގައި ނެޓްވޯކް ޓަވަރުތައް ބެހެއްޓުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ.

2. ރޭޑިއޭޝަން ދަށް ފޯނު ބޭނުން ކުރުން.

ކޮންމެ ވައްތަރެއްގެ ސެލް ފޯނެއް ބޭނުންކުރިޔަސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ނުވަތަ ރޭޑިއޭޝަންގެ އަސަރު މިހާގެ ހަށިގަނޑަށް ފޯރައެވެ.  ނުވަތަ ގެއްލުންހުރި ރޭޑިއޭޝަންގެ ޝިކާރައަކަށްވެއެވެ.  އެ އެކަމަކު ފޯނުގައި ރޭޑިއޭޝަން މަދުނަމަ އަމިއްލަ ނަފްސު ވަރަށް ބޮޑަށް ސަލާމަތް ކުރެވިދާނެއެވެ. ރޭޑިއޭޝަން ލެވެލް ބަރޯސާވަނީ ތިބާގެ ފޯނުގެ ކޮލިޓީގެ މައްޗަށެވެ. އެހެންވެއްޖެނަމަ، ހޭންޑްސެޓެއް ގަތުމުގެ ކުރިން، އެއީ ކުޑަ ރޭޑިއޭޝަންއެއްގައި ސެޓްކޮށްފައި ހުންނަ އެއްޗެއްކަން ޔަގީން ކުރާށެވެ.

3. މެސެޖް ކުރުމަކީ ކޯލް ކުރުމަށްވުރެ ރައްކާތެރި ކަމެއް.

އާއެކެވެ. މެސެޖް ކުރުމަކީ ސެލް ނަމްބަރަކަށް ގުޅައިގެން ފޯނު ކުރުމަށްވުރެ މާބޮޑަށްވެސް ރައްކާތެރި ގޮތެކެވެ. ނަމަވެސް ސެލް ފޯނެއް ނެތި އެންމެ ދުވަހެއްވެސް ހޭދަ ކުރަން ދަތިވެ އެވެ. އެހެންކަމުން ވީހާވެސް މަދުން ފޯނު ބޭނުންކުރުން ރަނގަޅެވެ. އަނެއްކޮޅުން ކަންފަތުގެ އެކި ބަލިތައްވެސް ފޯނު ކުރުން މަދުނަމަ ފިލުވައިދޭނެ އެވެ.

4. ހެޑްސެޓް ބޭނުން ކުރައްވާށެވެ.

ސީދާ ފޯނު ކަންފަތުގައި ޖެހުމުގެ ބަދަލުގައި ހެޑްސެޓެއް ބޭނުން ކުރާށެވެ.  ހެޑްސެޓް ބޭނުންކުރާނަމަ ސެލް ފޯން ރޭޑިއޭޝަން އިން ސިކުނޑި ރައްކާތެރި ކޮށްދޭނެ އެވެ. ހެޑްސެޓް ބޭނުންކުރުމަކީ ސެލް ފޯން ރޭޑިއޭޝަން އިން ސަލާމަތްވުމަށް ރައްކާތެރި ގޮތެކެވެ.

5. ނިދާގަޑީގައި ފޯނާ ދުރުވުން.

ތަޖުރިބާކާރުން ބުނާ ގޮތުގައި ނިދަން އޮށޯންނަ ވަގުތު ފޯނު ދޫކޮށްލާށެވެ. ސެލް ފޯނަކީ އަބަދުވެސް ރޭޑިއޭޝަން އުފައްދާ އެއްޗެކެވެ. ބޭނުން ނުކުރި ނަމަވެސް ނުވަތަ ނިދާ މޫޑެއްގައި ހުންނައިރުވެސް ރޭޑިއޭޝަންގެ އަސަރު ކޮށްފާނެއެވެ.

6. ފެންވަރު ދަށް ނެޓްވޯކް.

ދަށް ކޮލިޓީގެ ނެޓްވޯކްގައި ފޯނު ބޭނުން ނުކުރާށެވެ. އެހެނީ އެއީ މުޅިން ގޯސް ކަމެކެވެ. އެހެނީ، ތިބާގެ

ފޯނަކީ ކޮލިޓީ ދަށް ނެޓްވޯކެއްގައި ހިމެނޭ އެއްޗަކަށް ވާއިރު، ރޭޑިއޭޝަން ބޭރުވާ މިންވަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދަށް ކޮލިޓީގެ ނެޓްވޯކްގައި ތިބާގެ ސެލްފޯން ބޭނުން ނުކުރާށެވެ.

7. ބެޓެރީ ލޯ.

ބެޓެރީ ލޯ ވެފައިވާނަމަ ފޯނު ބޭނުން ކުރުމަކީ ސަތޭކަ ޕަސެންޓް ގެ ޔަޤީން ނުރައްކަލެކެވެ. ހަމައެކަނި ރޭންޖް ދަށް ނެޓްވޯކްތަކެއް ނޫނެވެ. އެކަމަކު ޗާޖު ކުޑަވުމުން ފޯނުން ވާހަކަ ނުދެއްކުންވެސް ވަރަށް މުހިންމެވެ. މިއީ ސިއްހަތަށް ހުރި ނުރައްކަލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close